
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ އައިއޭއީއޭއަށް އެއްބާރުލުން ދިނުމަށް އީރާނުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުން އެ ޤައުމުން ބާޠިލްކޮށްފިއެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން އޭރު ވަނީ އައިއޭއީއާއަށް އެއްބާރުލުން ދިނުން މެދުކަނޑައިލުމަށް ނިންމާފައެވެ. އެއްވެސް އިންސްޕެކްޝަނެއް ކުރިއަށް ގެންދެވޭނީ އެ ޤައުމުގެ އެންމެ މަތީ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޙުއްދައާއެކު ކަމަށް އެ ޤައުމުން ވަނީ ނިންމައިފައެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހުން ފެށިގެން އީރާނުން ކޮންމެވެސް މިންވަރަކަށް އައިއޭއީއޭއަށް އެއްބާރުލުން ދޭން ފަށައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައު ވަނީ އެއްބާރުލުން ދިނުމުގެ އައު އޮނިގަނޑެއް އެކުލަވާލައިފައެވެ.
އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުން މިހާރު ވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުން ބާޠިލްކޮށްފައިވާ ކަން އިޢުލާނުކޮށްފައެވެ. އެ ކައުންސިލުން އެ ފަދަ ނިންމުމެއް ނިންމާފައި މި ވަނީ އީރާނާ ދެކޮޅަށް އދން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް ހުޅަނގުގެ ބާރުތަކުން އަލުން އިޢާދަކޮށްފި ނަމަ އެ އެއްބަސްވުން ބާޠިލް ކުރާނެ ކަމުގެ އިންޒާރު މީގެ ތިން ހަފްތާ ކުރިން އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ދެއްވާފައި ވަނިކޮށެވެ. އެ ފިޔަވަޅުތައް އިޢާދަކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއްބަސްވުން ބާޠިލްކޮށްފައިވާ ކަން ޔަޤީންކޮށްދެއްވަމުން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކެޓްރީ، ޢަލީ ލަރިޖަނީ ވިދާޅުވީ އައިއޭއީއޭއިން އައު ހުށަހެޅުމެއް ހުށަހަޅައިފިނަމަ ކައުންސިލުން އެ ހުށަހެޅުން އިތުރަށް ބަަލައި ގޮތެއް ނިންމާނެ ކަމަށެވެ.
ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮން އެޅި ފަހުން އައިއޭއީއޭއިން ދަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ކަންކަން ގާތުން ބެލުމަށް އީރާނުގެ އެއްބާރުލުން އަލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެއްބާރުލުން ދިނުމުގެ އެއްބަސްވުން ބާޠިލް ކުރުމާއެކު މި މަސައްކަތަށް އިތުރަށް ހުރަސް އެޅޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
