
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ދެކޮޅުހައްދަވައިފިއެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުން ކުރިއަށް ދިޔަ 12 ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނުން ވަނީ ފަސް ބުރެއްގެ މަތިން ނުރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީ ޤަނޫނުހަދާ މަޖިލީހުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ ނަަމަ އެއީ ވަރަށް މޮޅު ކަމަކަށް ވާނެ ކަމަށެވެ. ޓްރަމްޕް އެހެން ވިދާޅުވީ އޭނާ އިސްވެ ހުންނަވައި ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސްއާ ދެމެދު ޣައްޒާ ނަސްލުހޭދު ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ޤާއިމްކޮށް އެ އެއްބަސްވުމަށް އަމަލުކުރަމުން ދަނިކޮށެވެ.
ޚާމަނާއީ ވިދާޅުވީ ޓްރަމްޕް އޭނާގެ އަމިއްލަ ނަފްސު ސިފަކުރައްވަނީ އެއްބަސްވުންތައް ޤާއިމް ކުރުމަށް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުންތައް ޤަާއިމް ކުރަނީ މަޖުބޫރުކުރުވުން ހިމެނޭ ގޮތަށް ނަމަ، އަދި ކަން ހިނގަން ޖެހޭ ގޮތް ދުރާލާ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނަމަ އެއީ ދެ ފަރާތުގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއް ނޫން ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އެ ފަދަ ޙާލަތެއްގައި އެއީ ބާރުގެ ބޭނުންކޮށްގެންނާއި ފުރައްސާރަކޮށްގެން ކަމެއް ކުރުވުން ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. ޚާމަނާއީ އިތުރަށް ވިދާޅުވީ 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮން އަަޅައި ސުންނާފަތިކޮށްލާފައިވާ ކަމަށް ޓްރަމްޕް ފަޚުރުވެރިކަމާއެކު ވިދާޅުވަމުންދާ ކަމަށެވެ. ނަމަވެސް އެއީ ހުވަފެނީ ވާހަކަތަކެއް ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އީރާނުގައި ނިއުކްލިޔަރ މަރުކަޒުތައް ހުރުމާއި ނެތުމަކީ އެމެރިކާއާ ކޮން ގުޅުމެއް އޮތް ކަމެއްތޯ ޚާމަނާއީ ވަނީ ސުވާލުކުރައްވައިފައެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަސައްކަތުގެ ތެރެއަށް އެމެރިކާއިން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅަނގުގެ ބާރުތަކުން ދަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކޮށް ނިއުލްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ހުޅަނގުގެ ޤައުމުތަކުން ބޭނުން ވަނީ އީރާނުން އެ މަސައްކަތް ހުއްޓައިލުމަށެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
