
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ މައި ވައިގެ ބަނދަރު ކަމަށްވާ ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ މުދާ ބަހައްޓާ ސަރަޙައްދުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ހާދިޘާގައި، އަންނައުނު އުފައްދާ ޞިނާޢަތަށް ލިބުނު ގެއްލުމުގެ އަގު ބިލިޔަނެއްހާ އެމެރިކާ ޑޮލަރަށް އަރާނެކަމަށް އެ ޞިނާޢަތުގެ ފަރާތްތަކުން ބުނެފިއެވެ. ހަޒްރަތު ޝާހް ޖަލާލް ވައިގެ ބަނދަރުގައި އަލިފާން ރޯވުމުގެ ސަބަބުން ވައިގެ ބަނދަރުން ދެމުންދިޔަ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވެއެވެ. އެ ގޮތުން ފްލައިޓްތައް ފުރުމާއި ޖެއްސުން ލަސްވެ، އެހެނިހެން މަސައްކަތްތައް ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ޚިދުމަތް މެދުކަނޑާލާފައި ހަ ގަޑިއިރެއްހާއިރު އޮތުމަށް ފަހު، ޙާލަތު ރަނގަމުވުމާއެކު އަލުން ޚިދުމަތްތައް ދޭން ފަށާފައިވަނީ، އެ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަލިފާން ރޯވި ކާގޯ ސަރަޙައްދުގައި މައިގަނޑު ގޮތެއްގައި ހުރީ، ބޭރުގެ އެކި ޤަޢުމުތަކަށް ފޮނުވަން ތައްޔާރުކޮށްފައިހުރި އަންނައުނާއި އަންނައުނު އުފައްދަން ބޭނުންކުރާ ސާމާނުކަމަށް ބަންގްލަދޭޝް ގާމަންޓް މެނުފެކްޗަރަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (ބީޖީއެމްއީއޭ)ގެ ނައިބު ރައީސް އިނަމުލް ޙައްޤު ޚާން ވިދާޅުވިއެވެ.
އަދި އެތަނުގައި ބޭރަށް ފޮނުވަން ތައްޔާރުކޮށްފައި ހުރި ސާމްޕަލްތައް ވެސް އަނދާ އަޅިއަށް ވުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ލިބެންހުރި ވިޔަފާރީގެ ފުރުޞަތުތަކަށް ވެސް ހުރަސްއެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޚާން ވިދާޅުވި ގޮތުގައި، ބީޖީއެމްއީއޭން އަދިވެސް ދަނީ އަންނައުނު އެކްސްޕޯޓު ކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން ލިބުނު ގެއްލުމުގެ ސީދާ އަގު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަލިފާން ރޯވި ކާގޯ ސަރަޙައްދަކީ، ބަންގްލަދޭޝްގައި މުދާ ބޭރުކުރަން ބޭނުންކުރާ އެންމެ ބާރުބޮޑު ސަރަޙައްދެވެ. މިގޮތުން، އެ ސަރަޙައްދު މެދުވެރިކޮށް ދުވާލަކު ގާތްގަނޑަކަށް 600 މެޓްރިކް ޓަނުގެ މުދާ އެކި ޤައުމުތަކަށް އެކްސްޕޯޓު ކުރެއެވެ. ޚާން ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު 200 އާއި 250 ދެމެދުގެ އަންނައުނު އުފައްދާ ކާރުޚާނާތަކުން އެ ސަރަޙައްދުން ބޭރުގެ އެކި ޤައުމުތަކަށް މުދާ ފޮނުވައެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި މި އަލިފާނުގެ ހާދިޘާގެ ތަހުޤީޤު ކުރިއަށްދާއިރު، އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. މިއީ މި ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގައި އަލިފާނުގެ ބޮޑު ހާދިޘާއެއް ހިނގާފައިވާ ތިންވަނަ ފަހަރެވެ. އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު އަންނައުނު އުފައްދާ ކާރުހާނާއަކާއި އެ ކާރުހާނާއާ އިންވެގެން ހުރި ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން 15 މީހުން މަރުވެފައިވެއެވެ. އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ވެސް އަންނައުނު އުފައްދާ ކާރުޚާނާއެއްގައި ރޯވެފައިވެއެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ބުނީ އަލިފާނުގެ ހުރިހާ ހާދިޘާއެއް ވެސް ތަހުޤީޤު ކުރަމުންދާ ކަމަށާއި، ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދަނީ ފުރާނައާއި މުދާ ރައްކާތެރިކޮށް ދިނުމަށް ކަމަށެވެ.
ޗައިނާއަށް ފަހު، ބަންގްލަދޭޝަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން އަންނުއުނު އުފައްދައި، އެކްސްޕޯޓުކުރާ ޤައުމެވެ. އަންނައުނު އުފައްދާ ކާރުޚާނާތަކުގައި ހަތަރު މިލިއަނެއްހާ މީހުން މަސައްކަތްކުރާއިރު، އެ ސިނާޢަތް މެދުވެރިކޮށް ބަންގްލަދޭޝަށް އަހަރަކު 40 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
