
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ހުށަހެޅުއްވުން ޤަބޫލު ކުރައްވައި، ޔޫކްރެއިންގެ ބިމުން ބޮޑު ބަޔެއް ރަޝިޔާއަށް ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ގޮވައިލައްވައިފިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ޓްރަމްޕާއި ޒެލެންސްކީ މަޝްވަރާ ކުރައްވާފައި ވަނީ އޮކްޓޫބަރު 18ވަނަ ދުވަހު ވޮޝިންގްޓަނުގައެެވެ. ޔޫކްރެއިންގެ ވަފުދުން އެ ބައްދަލުވުން ދޫކޮށް ގޮސްފައި ވަނީ މާޔޫސް ކަމުގައެވެ. ޒެލެންސްކީ ވޮޝިންގްޓަނަށް ދަތުރު ކުރައްވާފައި ވަނީ، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ އިތުރު ހަތިޔާރު އެމެރިކާއިން ހޯއްދެވުމުގެ ނިޔަތުގައެވެ. ނަމަވެސް، ޒެލެންސްކީ ބޭނުންފުޅުވީ ގޮތަށް ޓޮމަހޯކް މަރުކާގެ ކްރޫޒް މިސައިލް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ޓްރަމްޕް އިންކާރު ކުރައްވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މަޞްދަރުތަކުން ބުނީ، މޮސްކޯއާއި ކީވްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމުގައި ޓްރަމްޕް ވިދާޅުވުމުން، ޔޫކްރެއިންގެ ވަފުދަށް އޮޅުން އެރި ކަމުގައެވެ.
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ވަގުތުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި، ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއާއި ޔޫކްރެއިނަށް ގޮވައިލައްވާފައެވެ. ޓްރަމްޕާއި ޒެލެންސްކީގެ ބައްދަލުވުމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، މިހާރު ހަނގުރާމަ ކުރަމުންދާ ހިސާބުން ފެށިގެން ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ޓްރަމްޕް ހުށަހެޅުއްވި ކަމުގައެވެ. ނަމަވެސް، އެ ހުށަހެޅުއްވުމަށް ޒެލެންސްކީ ވަނީ އިންކާރު ކުރައްވާފައެވެ. “އަޅުގަނޑުމެން ދެކޭ ގޮތުގައި އެ މީހުން އަމަލު ކުރަންވީ ގޮތަކީ ހަނގުރާމައި ކުރީ ސަފުގައި ޙަމަލާ ބަދަލު ކުރުން ހުއްޓަންވީ. ‘ކަލޭމެނަށް މި ތަން، އަހަރުމެނަށް އެ ތަން’ މި މޭރުމުން ކިޔާ ނަމަ ކުރިއަށް އޮތީ މަޝްވަރާ ކޮށްގެން ޙައްލު ހޯދުމަށް ދަތި ކަންތައްތަކެއް،” ޓްރަމްޕް ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ވަނީ ޔޫކްރެއިން އިރުމަތީ ދޮންބާސް ސަރަހައްދުގެ ބޮޑު ބަޔަކަށް އަތްގަދަ ކޮށްފައެވެ. މުޅި ދޮންބާސް ސަރަޙައްދު ރަޝިޔާއަށް ދޫކޮށްލައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޒެލެންސްކީއަށް ގޮވައިލައްވާފައިވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެ ކަމާ އިންކާރު ކުރައްވާފައެވެ. “މިހާރު އޮތް ގޮތަށް [ޔޫކްރެއިންގެ ބިން] ފޮތިކޮށްލަންވީ. މިހާރު ވެސް އޮތީ ފޮތިފޮތިވެފައި. އަޅުގަނޑަށް ހީވަނީ އެ ބިމުގެ [ދޮންބާސްގެ] %78 ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާގެ އަތްދަށުގައިހެން. އެ ކަން [އެ ބިން] މިހާރު އެ އޮތް ގޮތަށް ދޫކޮށްލަންވީ. އެ މީހުންނަށް [ރަޝިޔާއާއި ޔޫކްރެއިނަށް] ފަހުން އެ ކަންކަމުގެ ތަފުސީލުތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރެވިދާނެ،” ޓްރަމްޕް ވިދާޅުވިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޒެލެންސްކީ ވޮޝިންގްޓަނަށް ވަޑައިގެންނެވީ އެންމެ ބޭނުމެއްގައި ކަމުގައެވެ. އަދި، ދުރު-ރާސްތާގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރެވޭނެ ޓޮމަހޯކް މަރުކާގެ މިސައިލް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ޓްރަމްޕް އިންކާރު ކުރެއްވުމަކީ ޒެލެންސްކީއަށް ލިބިވަޑައިގެންނެވި މާޔޫސްކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ. ނަމަވެސް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، ޔޫކްރެއިނަށް ޓޮމަހޯކް ކްރޫޒް މިސައިލް ފޯރުކޮށްދެއްވުމާ ގުޅޭ ގޮތުން ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމުގައެވެ.
ދާދި ފަހުން ޓްރަމްޕް ވަނީ ޔޫކްރެއިނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އިޝާރާތެއް ވެސް ދެއްވާފައެވެ. މި ގޮތުން، ނިއު ޔޯކްގައި ބޭއްވި އެކުވެރި ދައުލަތްތަކުގެ (އދގެ) ޢާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ޒެލެންސްކީއާ ބައްދަލު ކުރައްވައި ޓްރަމްޕް ވަނީ ރަޝިޔާއިން ފޭރިގަނެފައިވާ ޔޫކްރެއިންގެ ބިންތައް މިނިވަން ކުރުމުގެ ޤާބިލުކަން ކީވަށް ލިބިގެންވާ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، ހުކުރު ދުވަހުގެ ބައްދަލުވުމުގައި ޓްރަމްޕް ބާރު އަޅުއްވާފައި މި ވަނީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބިންތައް އެ ޤައުމަށް ދޫކޮށްލުމަށެވެ. މިއީ، ކީވުން އެއްބަސްވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
