
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ޤަތަރުގެ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަހްލޫތްމެން ފަޚްރޫއާ ބައްދަލުކުރައްވައިފިއެވެ. އުރީދޫ ގްރޫޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުންޏެވެ. މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އުރީދޫ ގްރޫޕްގެ ސީއީއޯއާއެކު ވަޒީރު ސަޢީދު ބޭއްވެވި ބައްދަލުކުރެއްވުން އޮތީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި އުރީދޫ ގްރޫޕްސްގެ ސިނިއާ މެނޭޖްމެންޓް ޓީމެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް އުރީދޫއާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
It was a pleasure to meet with Mr. Aziz Aluthman Fakhroo, CEO of Ooredoo Group, and members of the senior management team for a courtesy call, during which we discussed areas of mutual interest and ongoing collaboration in support of the Maldives’ digital economy. pic.twitter.com/VQ6BD8uhT9
— Mohamed Saeed (@em_saeed) October 15, 2025
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު އުރީދޫ ގްރޫޕާއެކު މަޝްވަރާތަކެއް ބާއްވާފައިވާއިރު، އުރީދޫއިން މިހާރު ދަނީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންނެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދަކަށްވާއިރު، އެ ޚިދުމަތަކީ ފައިސާގެ މުޢާމަލާތްކުރުމުގައި ބައިނަލްއަޤުވާމީ މަންސަތަކުގައި ކުރިއަރާފައިވާ ޕްލެޓްފޯމެކެވެ. އެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަށް އެއްބަސްވުމެއް ޤާއިމުކުރުމަށް މިހާރު ތައްޔާރުވަމުންދާއިރު، އެއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އަންނާނެ އިންޤިލާބީ ބަދަލެއްކަމަށް އުރީދޫއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ސަރުކާރުގެ ޑިޖިޓަލް އިޤްތިޞާދުގެ މުހިންމު އަމާޒަކަށް ވަޞީލުވުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
