
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު ފުލުހުން ހައްޔަރު ކުރީ ކުށެއް ކޮށްގެނެއް ނޫން ކަން އެނގިއްޖެއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ޑްރަގް އޮޕަރޭޝަނެއް ހިންގިއިރު ފުލުހުން ރޭ ހައްޔަރުކުރިއެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު، ދޫކޮށްފައިވާއިރު އޭނާގެ ފިރިމީހާއަށް 15 ދުވަހުގެ މުއްދަތެއް ޖެހިއެވެ.
ފައެނާ ދިރިއުޅޭ އެޕާޓްމަންޓް ފުލުހުން ރެއިޑް ކުރީ އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެންނެވެ. ފުލުހުން އެތަނަށް ވަތްއިރު މަސްތުވާތަކެތި އެ އެޕާޓްމަންޓްގައި ބޭނުމެއް ނުކުރެއެވެ. ނަމަވެސް ފުލުހުން އެ އެޕާޓްމަންޓް ބަލާ ފާސްކުރުމުގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެހެންކަމުން އެ ގަޑީގައި އެޕާޓްމަންޓްގައި ތިބި އެންމެން ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައެެވެ. ފައެނާ ހައްޔަރުކޮށްގެން ގެންދިޔައިރު އެ އެޕާޓްމަންޓަކީ އޭނާގެ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެޕާޓްމަންޓެކެވެ. ކޯޓަށް މުއްދަތު ޖަހަން ގެންދިޔައިރު އޭނާގެ ފިރިމީހާ ވަނީ ތަހުގީގުގައި އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނަގެ އަމިއްލަ އެއްޗެހި ކަމަށް އެއްބަސްވެފައެވެ. މީގެ އިތުރުން އެ ދެމީހުން ހައްޔަރު ކުރުމަށްފަހު ހެދި ޔޫރިން ޓެސްޓުން ދެ މީހުން ވެސް ނައްސިވިއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
