
މެޗުގެ ފަހު އޯވަރުގައި ބޯޅަ ހަތަރަކަށް ޖަހައި ޕާކިސްތާން ފަސް ވިކެޓުން ބަލިކޮށް އޭޝިޔާ ކަޕުގެ ޗެމްޕިއަންކަން އިންޑިޔާއިން ހޯދައިފި އެވެ. ރޭ ޑުބާއީގައި ނިމުނު މުބާރާތުގެ ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާން ނިންމީ ބެޓް ކުރުމަށެވެ. އެ ގައުމުން 19.1 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުމެ އިންޑިޔާއިން ބާކީ ދެ ބޯޅަ އޮއްވައި މެޗު ކާމިޔާބު ކުރީ 150 ލަނޑު ހަދައިގެންނެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 57 ލަނޑު ހެދި ޝަހިބްޒާދާ ފަރްހާނެވެ. އެއަށް ފަހު ފަހްރުއްޒަމާން ވެސް 46 ލަނޑު ހެދި އެވެ. މި މުބާރާތުގެ ދެ މެޗެއްގައި އެންމެ ލަނޑެއް ވެސް ނުހެދި ނުބައިވި ސައީމް އަޔޫބް މި މެޗުގައި 14 ލަނޑު ހެދި އެވެ. އެކަމަކު ޕާކިސްތާނުގެ ތިން ކުޅުންތެރިއަކު ނުބައިވީ އެންމެ ލަނޑެއް ވެސް ނުހެދި އެވެ.
ޖަވާބުގައި ކުޅެން ނުކުމެ އިންޑިޔާ 15 އޯވަރުގެ ތެރޭގައި 100 ހަމަ ކުރެވުނީ ކިރިޔާ އެވެ. އެ ގައުމު މޮޅުވީ ފަހު ހަތަރު ފަސް އޯވަރުގައި ދެއްކި މޮޅު ކުޅުމުންނެވެ. ހާއްސަކޮށް ތިލަކް ވަރުމާގެ 69 ލަނޑާއި ސަންހޫ ސެމްސޮން ހެދި 24 ލަނޑާއި ޝިމަވް ޑޫބޭ ހެދި 33 ލަނޑު ފާހަގަކޮށްލެވެ އެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި ފަހީމް އަޝްރަފެވެ. އެކަމަކު އިންޑިޔާ މޮޅުވީ ފަހު އޯވަރުގައި އޭނާ އެއްލި ހަތަރު ބޯޅައިން ދެ ބޯޅައެއް ހަތަރަކަށް ޖަހައިގެންނެވެ. އިންޑިޔާގެ ތިން ކުޅުންތެރިއަކު ވަނީ މީހަކަށް ދެ ވިކެޓް ނަގައިފަ އެވެ.
ތަށި ހޯދުނު ނަމަވެސް އިންޑިޔާގެ ކުޅުންތެރިން ވަނީ ތަށި ލިބިގަތުމަށް ދެކޮޅު ހަދައިފަ އެވެ. އެއީ އޭޝިޔާގެ ކްރިކެޓް ކައުންސިލްގެ ރައީސަކީ ޕާކިސްތާން ނިސްބަތްވާ މީހަކަށްވެފައި އޭނާގެ އަތްޕުޅުން ތަށި ލިބިގަތުމަށް ބޭނުން ނުވުމުންނެވެ. މިހެންވެ އިނާމް ދިނުމުގެ ރަސްމިއްޔާތު އެތައް ގަޑިއިރަކަށް ފަސްވެގެންދިޔަ އެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
