
(ފޮޓޯ ކްރެޑިޓްސް: ސީއޭ މޯލްޑިވްސް)
އެމްޑީޕީ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަން ހިންގިއިރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ އޮޑިޓް ރިޕޯޓަކީ، އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް ބިރު ދައްކައިގެން ސަރުކާރުން ނެރުނު ސިޔާސީ ރިޕޯޓެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ތިން އަހަރު ފެނަކައިން ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނަ މުއާމަލާތް ހިންގާފައިވާއިރު، އޭގެ ތެރެއިން ބޮޑުބައި ޚަރަދުކޮށްފައިވަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށެވެ. އަދި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މަސައްކަތް ބިޑްކުރުމެއް ނެތި އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މިނިވަން މުއައްސަސާއެއްގެ އޮފީސް ރޭގަނޑު ހުޅުވައިގެން، ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓް ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކުރުމަކީ އެ ޕާޓީން ކުށްވެރި ކުރާ ކަމެއް ކަމަށެވެ. ރައީސް މުއިއްޒު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ނަންގަވައި، އޮޑިޓާ ޖެނެރަލްއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން ރިޕޯޓުތައް ނެރެމުންދަނީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިވާނަމަ، އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ “ޕްރޮޕަގަންޑާ މެޝިނުން” ފަތުރާ ވާހަކަތަކަށް ޖަވާބުދާރީވާނީ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށެވެ. އަދި މިއީ ސަރުކާރުގެ ކޮރަޕްޝަން އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި، އަންނަ އޮކްޓޯބަރު 3 ގައި ބާއްވާ އެމްޑީޕީގެ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނިގެން ނެރުނު ރިޕޯޓެއް ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ. މި ރިޕޯޓާ ގުޅިގެން، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ކޮރަޕްޝަންގެ މައްސަލައެއްގައި މިއަދު ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
