
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާ ސިޓީގައި ތިިބި ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދު ހުސްކޮށް، ޔަހޫދީން ރައްކާތެރި ކަމަށް ބުނާ އެހެން ސަރަޙައްދުތަކަށް ދިޔުމަށް ޔަހޫދީން އަންގަން ފެށި ފަހުން އެ ސަރަޙައްދުތަކުން 1،903 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސަރުކާރުން ބުނެފިއެވެ. ޣައްޒާގެ ސަރުކާރުން ވަނީ ޣައްޒާގެ މެދުތެރޭ އަދި ދެކުނުގެ ސަރަޙައްދުތަކަކީ ރައްކާތެރި ސަރަޙައްދުތައް ކަމަށް ބުނެ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކަށް ދިޔުމަށް ޔަހޫދީން ބާރުއަޅަމުންދާ ހިނދު، އެ ސަރަޙައްދުތަކަށް ޔަހޫދީންގެ ޙަމަލާތައް އަމާޒުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އޮގަސްޓު މަހުގެ 11ވަނަ ދުވަހު ޣައްޒާ ސިޓީގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ޔަހޫދީން މަޖުބޫރުކުރަން ފެށި ފަހުން، ޣައްޒާގެ މެދުތެރޭ އަދި ދެކުނުގެ ސަރަޙައްދުތަކަށް ދީފައިވާ 133 ޙަމަލާއެއްގައި 1،903 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ ތާރީޚުން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ 46 އިންސައްތަ ޝަހީދުކޮށްލާފައި ވަނީ ރައްކާތެރި ކަމަށް ޔަހޫދީން ބުނާ ސަރަޙައްދުތަކުގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނީ ޔަހޫދީންގެ މި ހީލަތްތެރި ޢަަމަލުން ދައްކުވައިދެނީ ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަނީ ސީދާ ޢާންމުންނަށް ކަން ކަމެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މައްސަލައިގެ ތެރެއަށް ވަދެ، ޔަހޫދީންގެ ޢަމަލުތައް ހުއްޓުވައިދިނުމަށް ވެސް އެ އިދާރާއިން ގޮވާލާފައިވެއެވެ. ބައިނަލްއަޤްވާމީ ދުނިޔެއިން އެއްވެސް ފިޔަވަޅެއް ނާޅައި ނަމަ އެއީ ޔަހޫދީންގެ ޢުދުވާން ކުރިއަށް ގެންގޮސް ކުށެއް ނެތް ރައްޔިތުން ކަތިލުމަށް ދެވޭ ފެހި ސިގްނަލެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ޣައްޒާއަށް ދީފަައިވާ ޙަމަލާތަކުގައި 91 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރެއިން 45 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 66,000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންދާ ހުޅަނގުގެ ޤައުމުތަައް ވެސް ދަނީ އިތުރުވަމުންނެވެ. ނަތީޖާއެއްްގެ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީން ދަނީ އެކަހެރިވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
