
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެތައް ސަތޭކަ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން އަނެއްކާ ވެސް ޔޫކްރެއިންއަށް ވަރުގަދަ ޙަމަލާއެއް ދީފިއެވެ. މި ޙަމަލާއަކީ 2022ވަނަ އަހަރު ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމަ ކުރަން ފެށި ފަހުން ރަޝިޔާއިން ދީފައިވާ އެންމެ ގިނަ އިރަށް ދެމިގެންދިިޔަ އެއް ޙަމަލާއެވެ. ދަންވަރުގެ ވަގުތެއްގައި ދޭން ފެށި ޙަމަލާތައް ގާތްގަނޑަކަށް ހަތް ގަޑިއިރަށް ވަނީ ދެމިގެން ގޮސްފައެވެ. ރަޝިޔާއިން ޙަމަލާ ދެމުންދިޔަ ވަގުތު ޔޫކްރެއިންގެ އަވަށްޓެރި ޕޯލެންޑު ވެސް ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދު ބަންކޮށްފައެވެ. އަދި ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެ, ޙަމަލާތައް ހުއްޓުމަކަށް އަންނަންދެން އެ ޤައުމުގެ ވައިގެ އަސްކަރިއްޔާއިން ދިޔައީ ޙަރަކާތްތެރިވަމުންނެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ރަޝިޔާއިން އެ ޤައުމުގެ ވެރިކަންކުރާ ކީއިވްއާއި އިތުރު ސަރަޙައްދުތަކަކަށް އަމާޒުކޮށް 595 ޑްރޯން އަދި 48 މިސައިލް ޙަމަލާ ދީފައިވާ ކަމަށެވެ. އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން އޭގެ ތެރެއިން 568 ޑްރޯންއާއި 43 މިސައިލް ކާމިޔާބުކަމާއެކު ވައްޓާލާފައިވާއިރު، ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކީއިވްއަށް ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.
ރަޝިޔާއިން ދިން ޙަމަލާތަކުގައި 83 މީހުންނަށް ޒަޚަމްވެ ހަތަރު މީހުން މަރުވެފައިވެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ އެ ޙަމަލާގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ކްލިނިކަކާއި ކާރުޚާނާތަކަކަށާއި މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ޔޫކްރެއިންއަށް ވަރުގަދަ ޙަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަސްކަރީ އިމާރާތްތަކަށް ކަމަށް އެ ޤައުމުން ބުުނެއެވެ. ޔޫކްރެއިންއަށް ދެމުންދާ ޙަމަލާތަކުގައި އާންމުންނަށް އަމާޒުކޮށް ޙަމަލާ ނުދޭ ކަމަށް ރަޝިޔާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެ، އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮޑެތި ގެެއްލުންތައް ލިބެމުންދާ ކަމަށް ޔޫކްރެއިނުން ބުނެއެވެ.
ޒެލެންސްކީ ވަނީ ރަޝިޔާއަށް ހަކަތައިގެ ދާއިރާއިން ލިބޭ އާމްދަނީ މަދު ކުރުމަށް އެ ދާއިރާއިން ރަޝިޔާއާއެކު ވިޔަފާރި ނުކުރުމަށް ޤައުމުތަކަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ ޔޫކްރެއިންއާ ހަނގުރާމަ ކުރުމަށް ރަޝިޔާއިން ބޭނުން ކުރަނީ ހަކަތައިގެ ދާއިރާއިން ލިބޭ ފައިސާ ކަމަށެވެ. ޔޫކްރެއިނުން ދަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕްގެ އަރިހުން ވެސް އެދެމުންނެވެ. ނަމަވެސް އެ ފަދަ ފިޔަވަޅެއް އެ ޤައުމުން މިހާތަނަށް އަޅައިފައެެއް ނުވެއެވެ. ޒެލެންސްކީ ވިދާޅުވީ އެމެރިކާއާއި ވިލާތާއި ޖީ7އާއި ޖި20ގެ ޤައުމުތަކުގެ ފަރާތުން ރަޝިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު ވަނީ ބަލިކަށިވެފައެވެ. އެ ޤައުމުގެ ވައިގެ ސަރަޙައްދު ދިފާޢު ކުރުމުގައި އެހެން ޤައުމުތަކުގެ އެހީތެރި ކަމަށް އެ ޤައުމުން ދަނީ އެދެމުންނެވެ. ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީންގެ އަތުން އިތުރު ވައިގެ ދިފާޢީ ނިޒާމެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި ނޮވެމްބަރު މަހުގެ ނިޔަލަށް އެ ފަދަ އިތުރު ދެ ނިޒާމު ލިބޭނެ ކަމަށް އެ ޤައުމުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
