
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމް ހުއްޓައިލަން މަޖުބޫރުކުރުމުގެ ގޮތުން، އެހެން ޤައުމުތަކުން އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމާ އެކު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އދއިން އިޔާދަކޮށްފިއެވެ. އދގެ އެންމެ ބާރުގަދަ ގުނަންކަމަށްވާ ސަލާމަތީ މަޖިލީހުގެ ތެރެއިން އީރާނާ ދެކޮޅަށް ނިންމުން ނިންމާފައިވަނީ ވިލާތުގެ ތިން ބާރުކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތު އިސްވެ ތިބެގެންނެވެ. އެ ތިން ޤައުމުން ތުހުމަތުކުރާ ގޮތުގައި، ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ނަމުގައި، އީރާން ދަނީ 2015 ވަނަ އަހަރު އެކުލަވާލެވުނު އެއްބަސްވުމާ ޚިލާފަށް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ތުހުމަތު، އީރާނުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.
ދުނިޔޭގެ ބާރުތަކާއެކު 2015ވަނަ އަހަރު އީރާނުން ޤާއިމްކުރި ނިއުކްލިޔަރ އެއްބަަސްވުމުގެ ދަށުން އުވާލާފައިވާ ބައެއް ފިޔަވަޅުތައް އަލުން އީރާނާ ދެކޮޅަށް އެޅުމަކީ، މެދުއިރުމަތީގައި މިހާރުވެސް އޮތް ނުތަނަވަސްކަމުގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށް ބެލެވެއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކޮށްފިނަމަ، ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އީރާނުން ވަނީ، އިގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތަށް ކަނޑައަޅާފައިވާ ސަފީރުން “މަޝްވަރާކުރުމަށް” އަނބުރާ ގެންނަން ނިންމައިފައެވެ.
އީރާނާ އެކު ގާތްގުޅުމެއް އޮންނަ ރަޝިޔާއިން ވަނީ އދގެ މި ނިންމުން ކުށްވެރިކޮށްފައެވެ. އދގެ މި ނިންމުމަށް ޢަމަލުކުރުން ހަ މަސް ދުވަހުގެ މުއްދަތަށް ފަސްކުރަން ޖާގަ އޮތް ކަމަށް މިކަމުގައި އިސްކޮށްތިބި ވިލާތުގެ ތިން ޤައުމުން އޭރު ވަނީ ބުނެފައެވެ. ނަމަވެސް، އެކަމަށްޓަކައި، އދގ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ދިނުމާއެކު، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާގެ މޭޒުދޮށަށް އަންނަންޖެހޭ ކަމަށް ގޮވާލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
