
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާއްވަވާފައިވާ އައު ރޭވުމާ ގުޅޭ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަން، ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. އެ ޖަމާޢަތުން މި ކަން ހާމަކޮށްފައި މި ވަނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައި ޒަޔަނިސްޓުންގެ ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. ޣައްޒާ ޤަތުލުޢާންމު ހުއްޓުވުމަށް ޓްރަމްޕް އައު ރޭވުމެއް ހުށަހަޅުއްވާފައިވާ ކަމުގައި ރިޕޯޓު ކޮށްފައި މި ވަނީ، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް އިތުރަށް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި، ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް ފޭރިގަތުމަށް އީ1ގެ ނަމުގައި ޔަހޫދީން އިތުރު ޖަރީމާތަކެއް ފަށާފައިވާ ވަގުތެއްގައެވެ.
ޒަޔަނިސްޓު ދައުލަތުގެ ނޫހެއް ކަމުގައިވާ ހަޢާރެޓްޒުން ބުނީ، ޔަހޫދީންގެ ޖަލުތަކުގައި އަނިޔާ ދެމުންދާ ފަލަސްޠީނުގެ އެތަކެއް ސަތޭކަ ރައްޔިތުން މިނިވަން ކުރުމުގެ ބަދަލުގައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައެވެ. އޭގެ ބަދަލުގައި، ޣައްޒާ އިސްތިޢުމާރު ކުރުމަށް އެ ސަހަރަށް އަރައިގަނެފައިވާ ހުރިހާ ޔަހޫދީ ފައުޖުން އެ ސަހަރުން ބޭލުމަށް އެއްބަސްވެފައިވާ ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރިއެވެ. މީގެ އިތުރުން، ޙަމާސްގެ ވެރިކަން ދޫކޮށްލުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމަށާއި، ޣައްޒާގެ ބިންތައް ފޭރިގަތުން ހުއްޓައިލުމަަށާއި، ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކުރުމަށް ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރިއެވެ.
“ޙަމާސަށް އެއްވެސް ރޭވުމެއް ހުށަހަޅާފައެއް ނެތް،” ޓްރަމްޕްގެ ފަރާތުން އައު ރޭވުމެއް ހުށަހަޅާފައިވާ ކަން ދޮގު ކުރަމުން ޙަމާސްގެ އިސް އޮފިޝަލަކު ބުންޏެވެ. ނަމަވެސް، ސެޕްޓެންބަރު 26ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވެސް ވަނީ އެއްބަސްވުމެއް އެކުލަވައިލެވިފައިވާ ކަމުގައި ވިދާޅުވެފައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވީ ނަމަވެސް، މި ކަމާ ގުޅޭ އިތުރު ތަފުސީލު ހާމަކުރައްވާފައެއް ނެތެވެ. އަދި، ޔަހޫދީން ވެސް މި ކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނެތެވެ. ޓްރަމްޕަކީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާއި ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރެވެ. ޔަހޫދީންގެ ޖަރީމާތަކުގައި ބޭނުން ކުރަމުންދާ ގިނަ ހަތިޔާރުތައް އެމެރިކާއިން ޒަޔަނިސްޓުންނަށް ފޯރުކޮށްދެމުން ދަނީ ޓްރަމްޕްގެ އަމުރަށެވެ. ނަމަވެސް، ޣައްޒާ ޤަތުލުޢާންމާއި، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ޓްރަމްޕް ދާދިފަހުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ސެޕްޓެންބަރު 29ވަނަ ދުވަހު ޓްރަމްޕް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާނެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެ ބައްދަލުވުމުގައި ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫއަށް ބާރު އަޅުއްވާނެއެވެ. ނަމަވެސް، ނަތަންޔާހޫ ބޭނުން ވަނީ ޣައްޒާ އިސްތިޢުމާރުކޮށް، އެ ސަހަރުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިން ސުންނާފަތި ކޮށްލުމަށެވެ. އަދި، އެ ބިމުގައި ޔަހޫދީން އާބާދު ކުރުވުމަށެވެ.
ޣައްޒާ ޤަތުލުޢާންމު ހުއްޓުވުމާ ގުޅޭ ގޮތުން 21 މާއްދާގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ޓްރަމްޕްގެ ފަރާތުން މެދުއިރުމަތީގެ މުސްލިމް ޤައުމުތަކާ ހިއްސާ ކޮށްފައިވާ ކަމުގައި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވިއެވެ. އެ ޤައުމުތަކުގެ ތެރޭގައި ޙަމާސާއި ޔަހޫދީންނާ ދެމެދު ނުރަސްމީ ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަމުން ގޮސްފައިވާ ޤަޠަރާއި މިޞްރު ހިމެނޭނެ ކަމުގައި ބެލެވެއެވެ. ނަމަވެސް، ދާދިފަހުން ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅިގެން، މަޝްވަރާތައް ވިލަރެސް ކުރުމުގައި ޤަޠަރުން ދެމިއޮންނާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
