
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ކުލަބު ވެލެންސިއާއިން އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިކުތް މެޗުގެ ނަތީޖާ އުންމީދުކުރިވަރަަށްވުރެ ތަފާތު ބޮޑު ކަމަށާ ވެލެންސިއާއަށް އަދި ވަގުތު ބޭނުންވާކަމަށް އެޓީމުގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ. ލީގުގައި ކުޅުނު ދެވަނަ މެޗަށްފަހު ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައި ވެލެންސިއާގެ ކޯޗު ބުނީ އަދި އެންމެ އެދެވޭވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަަށެވެ. ވެލެންސިއާއި އޮޑި ސްޕޯޓްސް ކުލަބު ކުޅުނު މެޗުގައި އޮޑިން ވަނީ 7-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ. ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 ން ގްރީން ސްޓްރީޓްސް އަތުން މޮޅުވެފައެވެ.
ވެލެންސިއާގައި އޮތީ ވަރަށް ޒުވާން ޓީމެއްކަމަށާއި ފަރިތަކުރުންތަކަށް މާ ގިނަ ވަގުތެއްވެސް ނުލިބޭ ކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން މި ހާލަތަށް ބަލާއިރު މިއީ އެހާ ގޯސް ނަތީޖާއެއް ނޫން ކަމަށާއި އެހެންނަމަވެސް ސްކޯގެ ފަރަގު ތަންކޮޅެއް ބޮޑުކަމަށް ކޯޗު ބުންޏެވެ. 4 ގޯލުގެ ލީޑެއްގައި އޮޑި އޮތްއިރުވެސް ކުަޅުންތެރިން މާޔޫސްނުވެ އިތުބާރާއި އެކު ކުޅެ ގޯލެއް ޖެހިކަން ފާހަގަކުރަމުން ފެސްކޯ ބުނީ މިއީ ވެލެންސިއާގެ ކުޅުންތެރިންނަށް އެންމެ ޓޮޕް ލެވެލްގެ ޓީމުތަކާއި އެކު ޕާފޯމް ކުރަން ލިބޭ ހިތްވަރެއް ކަމަށެވެ. ވެލެންސިއާގެ ހުރިހާ ކުޅުންތެރިން އަދި ލީގު މެޗުތަކަށް ނުލިބޭ ކަމަށާއި ބައެއް ކުޅުންތެރިންނާއި ނުލާ މި ނެރުނު ނަތީޖާއާއި މެދު ހިތްހަމަޖެހޭކަމަށްވެސް އޭނާ ބުންޏެވެ. އަދި އޮޑިއަކީ ތަޖުރިބާކާރު ކުޅުންތެެރިން ގިނަ ޓީމެއް ކަމުން އޮޑިއަތުން ވެލެންސިއާ ބޭނުންވާ ނަތީޖާ ނެރެން އުނދަގޫވާނެކަމަށް ކޯޗު ބުންޏެވެ.
”މީގަ އެއްކަމަކީ އަޅުގަނޑުމެންގެ އޮތީ ވަރަށް ޒުވާން ޓީމެއް. އަނެއްކޮޅުގައި އޮތް ޓީމަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ. ފޮރިން ޕްލޭޔަރުންވެސް އެހާ ގޯހެއް ނޫން. އެހެންވީމަ އެ ޓީމަކީ ވަރަށް ތަޖުރިބާކާރު ޓީމެއް. އަޅުގަނޑުމެން އަދި ކޮންމެ ގޮތަކަށް ޕްލޭންކޮށްގެން ކުޅުނު ކަމުގައިވިޔަސް އެޓީމާ އެއްކޮށް އުނދަގޫވާނެ އަޅުގަނޑުމެން ބޭނުންވާ ރިޒަލްޓެއް ނެރެން“ ބުންޏެވެ. ލީގުގައި ގިނަ މެޗުތަކެއް ކުޅޭއިރު ވެލެންސިއާއަށް އަދި ގޭމުގެ ތެރެއަށް ރަނގަޅަށް ވަދެވޭނެ ކަމަށްވެސް ފެސްކޯ ބުންޏެވެ. 3 ޕޮއިންޓާއި އެކު ކުލަބު ވެލެންސިއާ މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
