
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ އަމާޒަކީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާވަލުގެ ގަދަ ހައެއްގައި ހިމެނުން ކަމަށާއި، ވިސްނަނީ ރެލިގޭޝަނުން ސަލާމަތްވާން ނޫން ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ “ރެލިގޭޝަން ބެޓަލްއަކަށްވެސް ދާކަށް ބޭނުމެއް ނޫން. ކޮލިފައިން ކުޅެގެން ސަލާމަތްވާކަށްނޫން” ކަމަށާއި ޔޫވީން މަސައްކަތް ކުރާނީ ހައެއްގެ ތެރޭގައި ހިމެެނެން ކަމަށެވެ. ކުރިޔަށް އޮތް މެޗަކީ ޔޫވީގެ ލެވެލްގައި ޔޫވީން ކާމީޔާބުކުރަން ޖެހޭ މެޗެއް ކަމަށާއި އެއީ މަޖުބޫރު ކަމެއްކަމަށްވެސް ނަޒީހު ބުންޏެވެ. އަދި އެ މެޗުން ތިން ޕޮއިންޓް ހޯދަން ޖެހޭނެކަމަށް އޭނާ ބުންޏެވެ.
“އެ މެޗުގައި އެއްވެސް ހާސަރެއް އަޅުގަނޑަކަށްވެސް ކުޅުންތެރިންނަކަށްވެސް ނުދެއްކޭނެ. އެއީ ތިން ޕޮއިންޓް ނަގަންޖެހޭ މެޗެއް” ނަޒީހު ބުންޏެވެ. ޔުނައިޑެޓް ވިކްޓްރީން ލީގުގެ ދެވަނަ މެޗުގައި ނިއުރޭޑިއަންޓާއި ދެކޮޅަށް ނިކުތީ ހަމައެކަނި ޕޮއިންޓެއް ހޯދަން ވިސްނައިގެން ކަމަށްވެސް ކޯޗު ނަޒީހު ބުންޏެވެ. އޭނާ ބުނީ ނިއު ރޭޑިއަންޓަކީ ގައުމީ ޓީމުގެ ގިނަ ކުޅުތެރިންތަކެއް ތިބި ޓީމެއް ކަމަށާއި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މޮޅު ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. އެހެންނަމަވެސް ކޯޗު އަލީ ސުޒެއިނަށް އެޓީމު ޓީމަކަށް ހެދޭވަރުގެ ވަގުތެއް އަދި ނުލިބޭކަމަށާއި ޔޫވީން ބޭނުންވީ ޓީމަކަށް ނިއު ނުވަނީސް ނިއު އަތުން ޕޮއިންޓެއް ކަމަށް ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ނިއު އަތުން ޕޮއިންޓެއް ހޯދަން ޔޫވީއަށް ފުރުސަތު ލިބުނު ކަމަށާއި ރަނގަޅު ހަމަލާތަކެއް އުފައްދައިގެން ލަނޑު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ ކަމަށެވެ. އަދި އެމެޗުގައި ނަސީބު ދިމާކުރި ގޮތެއް ޕޮއިންޓެއް ނުލިބުނީ ކަމަށެވެ. “ނިއު ރޭޑިއަންޓްގައި އެބަތިބި ރާއްޖޭގެ ގައުމީ ޓީމުގެ މޮޅެތި ކުޅުންތެރިން އެހުރިހާ ގޮތަކަށް ވިސްނާފަ އަދިއެއް އެއީ ޓީމަކަށް ހެދޭވަރެއް ނުވޭ. އެހާ ވަގުތެއް ނުލިބޭ. އެހެންވީމަ އެއަަށް ޓެކްލް ކުރަން ނިކުތީ ސީދާ. އެއީ ޓީމަކަށް މީތި ނުވަނީސް ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ހޯދަން” ނަޒީހު ބުންޏެވެ. ޔޫވީގެ ކުޅުންތެރިން ނިއު އާއި ދެކޮޅަށް ނިކުތް މެޗުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް ވަރުބަލިކަން ފެނުން ކަމަށް ނަޒީހު ފާހަގަކުރިއެވެ. އެގޮތުން ބައެއް ކުޅުންތެރިން ވަރިބަލިވެގެން ގޮސް ނުދުވެވިގެން ބައެއް ފަހަރު ޑިފެންސް ނުކުރެވި ދިޔަކަން ފާހަގަކުރިއެވެ. ލީގުގައި ނިއުރޭޑިއަންޓާއި ދެކޮޅަށް ޔޫވީން ކުޅުނު ފުރަތަމަ މެޗު ނިއުއިން ކާމިޔާބުކުރީ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ނަޒީހު ބުނީ ނިއުރޭޑިއަންޓްގައި ތިބި މޮޅެތި ކުޅުންތެރިންނާއި ބަލާފަ މެޗުގެ ނަތީޖާ ޔޫވީން ބަލައިގަންނަ ކަމަށެވެ. ބިދޭސީ ކުޅުންތެރިންނާއި ގުޅޭގޮތުން ނަޒީހު ބުނީ ލީގުގައި މިހާރު ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅަށް ކުޅޭ ހަތަރު ކުޅުންތެރިން ތިބީ ޔޫވީގައި ކަމަށެވެ. “އެހެންވީމަ އަޅުގަނޑަށް ޕްރެޝަރ ބޮޑުވޭ، އެއީ ރިޒަލްޓް މޭކް ކުރަންޖެހޭ އެބަ. އެއީ ރަނގަޅު ކުޅުންތެރިން ތިބެއްޖެއްޔާ. ދެން އަނެއްކާ މި ވިސްނަނީ ރެލިގޭޝަނުން ސަލާމަތްވާކަށް ނޫން. އެއީ ކުރިންސުރެ ޓާގެޓް ސާފުވެފައި އޮވެއްޖެއްޔާތާ ޕްލޭޔަރުންނަށްވެސް އެއަށް ވޯކް ކުރެވޭނީ. ލިބުނު މަދު ދުވަސްކޮޅާއި ހުރިހާ ކަމަކަށް ބަލާފަ ދެން މިލިބޭ ބްރޭކް ތެރޭގައި ތައްޔަަރުވާނީ ތާވަލުގެ ގަދަ 6 ގެ ތެރޭގައި ހިމެނެން” ނަޒީހު ބުންޏެވެ.
ޔޫވީ މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު ފުރަތަމަ މެޗުގައި ވަނީ 4-0 ގެ ނަތީޖާއަކުން އޮޑިއަތުން ބަލިވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
