
(ފޮޓޯ ކްރެޑިޓްސް: އަދަދު)
ކުރިއަށް އޮތް މެޗުތަކުގައި ކުލަބު ގްރީން ސްޓްރީޓްސްއިން ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، އަދި ނަތީޖާ އަނބުރާލާނެކަމުގެ ޔަގީންކަން ކުޅުންތެރިންނާ މެދު އެބައޮތް ކަމަށް އެ ކުލަބުގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެދެވޭ ނަތީޖާތަކެއް ގްރީން ސްޓްރީޓްސްއަށް އަދި ނުނެރެވުނަސް އެ ނަތީޖާ އަދި ބަދަލުކުރެވޭނެ ކަމަށް ނިސްތާރު ބުންޏެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް ވަނީ 1-2 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން ބަލިވެފައެވެ. ދެވަނަ މެޗުގައި 0-1 ގެ ނަތީޖާއަކުން ވިކްޓްރީއަތުން ގްރީން ސްޓްރީޓްސް ވަނީ ބަލިވެފައެވެ.
ގްރީން ސްޓްރީޓްސްއަށް އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައިނުވާއިރު، މިވަގުތު އޮތީ ލީގުގެ ހަތްވަނައިގައެވެ. ނިސްތާރު ބުނީ ފުރަތަމަަ ދެމެޗުގައިވެސް ގިނަ މިސްޓޭކްތަކެއް ހެދުނު ކަމަށާއި ދެން ހުރި މެޗުތަކުގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. ކުޅުންތެރިންނާއި މެދު އިތުބާރު އެބައޮތް ކަން ފާހަގަ ކުރަމުން ނިސްތަަރު ބުނީ ފަރިތަކުރުންތައް މަދުވުން އެއީ ބަހަނާއެއްކަމަށް ނުބަލާނެ ކަމަށެވެ. ގްރީން ސްޓްރީޓްސްއިން ސީޒަން ފެށީ ވަރަށް ޒުވާން ސްކޮޑަކާއެކުގައެވެ. އަދި މިދިޔަ ސީޒަނުގެ ތަޖުރިބާހުރި ބައެއް ކުޅުންތެރިންވެސް އެ ކުލަބުގައި އެބަތިއްބެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
