
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެޗަކުން ބަލިވެގެންގޮސް އަރާމުކުރާނެ ފުރުސަތެއް ވިކްޓަރީ ސްޕޯޓްސް ކުލަބަކަށް ނޯންނާނެ ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ޖެހޭނީ އެންމެ ފޯރީގައި ގަދަ ހިތްވަރާއެކު ޓީމުގައި އޮންނަ ސިސްޓަމަށް މަސައްކަތްކޮށްގެން މޮޅުވާން ކަމަށް އެ ކުލަބުގެ ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ. ލީގުގައި ފުރަތަމަ ކުޅުނު ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކުލަބު އަތުން ވިކްޓަރީ ވަނީ 5-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ވަނީ ހަނި މޮޅެއް ހޯދާފައެވެ.
ގްރީން ސްޓްރީޓްސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ލަތީފް ބުނީ ލީގުގެ ފުރަތަމަ މެޗުން ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިވިޔަސް ދެން ހުރި މެޗުތަކުން މޮޅުވުމަށް ހުރިހާ ޓްރޭނިންތަކެއްގައިވެސް އަންނަނީ ކުޅުންތެރިންނަށް އިރުޝާދު ދެމުން ކަމަށެވެ. ވިކްޓަރީއަކީ އެންމެ ގިނަ ތަށި ހޯދާފައިވާ ކުލަބު ކަމަށާއި އަރާމުކުރާނެ ވަގުތު މި ސީޒަނުގައި އެކުލަބަކަށް ނޯންނާނެ ކަމަށްވެސް ލަތީފު ބުންޏެވެ.
ލަތީފް ބުނީ ވިކްޓްރީގައި ތިބި ކުޅުންތެރިންނަކީ އެކި އޮފީސްތަކުގެ ފުޓްސަލް ޓީމުތަކަށް ދޫކުރަން ޖެހޭ ކުޅުންތެރިން ކަމަށާއި، ގިނ ކުޅުންތެރިން ގެންގުޅެން ޖެހެނީ އެގޮތަށް އެއްބަސްވެގެން ކަމަށެވެ. އެހެންކަމުން ފަރިތަކުރުންތައް ބޭއްވެނީ އެ ކުޅުންތެރިންނަށް ވަގުތުވީ ވަރަކުން ކަމަށް ލަތީފު ފާހަގަކުރިއެވެ.ވިކްޓަރީ އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
