
ދައުލަތުގެ މުއައްސަސާއަކުން އަދި ކުންފުންޏަކުންވިޔަސް ޚިޔާނާތެއް ހިންގައިފިނަމަ އެއީ ރައްޔިތުންނަށް ޚިޔާނާތްތެރިވުމެވެ. ރައްޔިތުންނަށް ޚިޔާނާތްތެރިނުވާނެކަމަށް ވަޢުދުވެގެން އަންނަ އެކި ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން، ނިމުނު އެމްޑީޕީގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ބޮޑު ޚިޔާނާތުގެ މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ. އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓުން ކޮރަޕްޝަން ހިންގާ ވާހަކަތައް އެކި ޚަބަރުތަކުގެ ސުރުޚީތަކަށްވެސް އޭރު އެރިއެވެ. ނަމަވެސް ވެރިކަން ނިމިގެންދިޔައިރުވެސް ފެނަކައިގެ މެނޭޖްމަންޓަށް ބަދަލެއް ނާދެއެވެ. އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރަށް ޚިޔާނާތުގެ އެތައް ތުހުމަތެއް ކުރެވުނު ނަމަވެސް އެކަމުގައި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. އެ ޚިޔާނާތުގެ އަދަދުތައް މިއަދު ރައްޔިތުންނަށް ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި ޚާއްސަ އޮޑިޓަކުންނެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެގޮތުން ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. މިވަރުގެ ބޮޑު ޚިޔާނާތެއް ހިންގިއިރު އޭރުގެ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް މިކަމުގެ ހިލަމެއްވެސް ނުވޭތޯ މިއަދު އެތައް ބަޔަކު ސުވާލު އުފައްދައެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތައް ތަމްސީލުކުރެއްވި މެންބަރުންވެސް ވަނީ މި ޚިޔާނާތުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އޭރު މަޖިލިސް މެންބަރުކަން ކުރެއްވި، އަދި މިހާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އެ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ނަމަވެސް މަޖިލީހުންވެސް އަދި މިނިވަން މުއައްސަސާތަކުންވެސް އަަޅާނުލީ ކަމަށެވެ. އަދި އެވަރުގެ ބޮޑު ޚިޔާނާތެއް އޭރުގެ މެނޭޖިން ޑިރެކްޓަރަށް އެކަނި ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށްވާންޖެހޭނީ މި ޚިޔާނާތުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ. އަދި މިހާ ދުވަހު އެކަމުގައި އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި ޤައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
MVR 2,239,640,958/- ge vakkan! Dhaulaiy lootuvun!
MDP sarukaarun mulhi dhaulaiy lootuvamundhaa massala, @Fenakamv, adhi ventilator ge corruption ge massala @mvpeoplesmajlis ge samaalukamah eyru alhugandu genain. MDP sarukaarun, MDP super majority oiy Majlis akun ves adhi minivan…
— Adam Shareef Umar (@Adamshareefz) September 27, 2025
ފެނަކައިގެ ޚިޔާނާތުގެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. “އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފެނަކައިގެ މައްސަލަ. އެއީ ހުރިހާ ރަށެއްގައި އޮތް ކުންފުންޏެއް. މި ކުންފުންޏަށް ހަދާފައޮތީ ވަރަށް ހިތާމަވެރިގޮތެއް. އޭގަ އެއޮތީ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށް. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައި. އަންގައިފިން އޭސީސީއަށް އަދި ޕީޖީ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަހުގީގުކުރަން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ޚިޔާނާތުގެ މައްސަލަތައް ހައްލު ކުރެވޭނީ އެފަދަ ތުހުމަތެއް ކުރެވެން ފެށުމާއެކު އެ މައްސަލައެއް އިންސާފުވެރިކަމާއެކު ތަހުގީގުކޮށް، އެކަމުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އަޅައިގެންނެވެ. އޭގެ ފުރިހަމަ ނަމޫނާ އަދުގެ ސަރުކާރުން ދަނީ ފެންނަމުންނެވެ. މި ސަރުކާރުގައި އެޗްޑީސީގެ މައްސަލަތަކެއް ފެންމަތިވުމުން ރައީސުލްޖުމްހޫރިއްޔާ ވަގުތުން ފިޔަވަޅު އެޅުއްވިއެވެ. އަދި އެފަދަ ފުރުސަތުތައް ނެތިކޮށްލުމަށް ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތްތަކާއި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
