
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނުގެ ސަބަބުން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މަގުފަހިވެގެންދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް “އެކްސްޕީރިއަންސް މޯލްޑިވްސް” ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ކުރިއަށްގެންދެވޭ މިފަދަ ކެމްޕޭނުތަކުގެ ސަބަބުން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު ފަަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އިތުރު މަގުތަކެއް ކޮށައިދޭނެކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި ކެމްޕޭނުގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ލިބިގެންދާނެ އޮފަރތަކަަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކާޑު ހޯލްޑަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ބުކްކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ޚާއްސަ އޮފަރތަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލީ ކަންކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބީއެމްއެލުން އިސްނަގައިގެން ކުރިއަށްގެންދާ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. “މިއީ ވިސްނުންތެރި ޑިމާންޑް އުފެއްދުމެއް. މި ކެމްޕޭނުން ގެސްޓުން ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ހޭދަކުރުމަށް ހިތްވަރުދޭނެ. އަދި މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް އައު ކަސްޓަމަރުންނާ ބައްދަލުކުރުމުގެ ސާފު މަގުތަކެއް ވެސް ހުޅުވިގެންދާނެ.” މާލީ ކަންކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ. ސަރުކާރުން ކުރިއަށް ގެންދާނީ ރާއްޖޭގެ ފަރުތައް ރައްކާތެރިކޮށް، ކުނި މަދުކޮށް، ގިނަ މުޖުތަމަޢުތަކެއް ބައިވެރިކުރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަދި ފަތުރުވެރިން އަންނަ މާކެޓްތައް އިތުރުކުރުމަށް މަގުފަހިކުރާ ސިޔާސަތުތަކަށް އެހީތެރިވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް އާ ދެމެދު ވެވުނު މި ޕާޓްނަރޝިޕަކީ ސަރުކާރުގެ ފަތުރުވެރިކަމާ ގުޅޭ ތަޞައްވުރު ހާސިލްވުމަށް މަގުފަހުވެގެންދާނެ އެއްބަސްވުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މީގެ ކުރިންވެސް “އެކްޕީރިއަންސް މޯލްޑިވްސް”ގެ ނަމުގައި ޚާއްސަ ކެމްޕޭނުތަކެއް ވަނީ ބާއްވާފައެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
