
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް “އެކްސްޕީރިއަންސް މޯލްޑިވްސް” ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން މިކެމްޕޭން ބާއްވާ ހަތަރުވަނަ ފަހަރެވެ. ބީއެމްއެލްއި ވިދާޅުވީ، “އެކްސްޕީރިއަންސް މޯލްޑިވްސް” ނަމުގައި ހިންގާ މިޑެސްޓިނޭޝަން ކެމްޕޭން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ބަލައިގެންފައިވާކަމަށެވެ.
ބީއެމްއެލްއިން ވިދާޅުވީ، ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ޚާއްސަ އޮފަރތަކެއް ލިބޭނެކަމަށެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން، މޫދު ކުޅިވަރު ހަރަކާތްތައް، ފްލޯޓިން ބްރޭކްފާސްޓް އަދި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ކަންކަން ފަސޭހަކަމާއެކު ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
މިކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި ކެމްޕޭނުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޚާއްސަ އޮފަރތަކެއް ލިބިގެންދާނެކަމަށެވެ. “މި ކެމްޕޭނުން، ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޚާއްސަ އޮފަރތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ. އަދި މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ. އަދި ހަމައެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވިގެންދާނެ.” ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސްގެ ގްލޯބަލް ނެޓްވޯކް ސަރވިސަސް، އޭޝިއާ އެން ސައުތު ޕެސިފިކް ގްރޯތު މާކެޓްސްގެ ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރ ދިވްޔާ ޖެއިން ވިދާޅުވީ، ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއްކަމަށެވެ. އަދި ބީއެމްއެލްއާއެކު ހިންގާ މިކެމްޕޭނުގެ ދަށުން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. “ބީއެމްއެލްއާއެކު ގާއިމުވެފައިވާ ޕާޓްނަރޝިޕާއެކު، އަދި ވިޒިޓް މޯލްޑިވްސްއާއި ޓޫރިޒަމް ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު، ރާއްޖެ އަދި ގްލޯބަލް ޓްރެވެލް އިކޯސިސްޓަމަށް އަޅުގަނޑުމެން ދޭ ސަޕޯޓު މި ދަނީ އިތުރަށް ހަރުދަނާކުރަމުން. ފަތުރުވެރިންނަށް ޚާއްސަ ތަޖުރިބާތަކެއް ހިމެނޭ ‘އެކްސްޕީރިއަންސް މޯލްޑިވްސް’ ކެމްޕޭނަކީ އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ޕްރިމިއަމް އަދި ތަފާތު ތަޖުރިބާތަކެއް ހޯދައިދީ، އަދި ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިތުރަށް ޕްރޮމޯޓު ކުރެވޭނެ ކެމްޕޭނެއް.” ދިވްޔާ ޖެއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން މީގެ ކުރިންވެސް “އެކްޕީރިއަންސް މޯލްޑިވްސް’ގެ ނަމުގައި ޚާއްސަ ކެމްޕޭނުތަކެއް ވަނީ ބާއްވާފައެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
