
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއެކު ފަލަސްޠީނުގެ މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތަށް ތާއީދު ކުރި ނަމަވެސް ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މި ވަގުތު ބަލައި ނުގަންނާނެ ކަމަށް ނިއު ޒީލޭންޑުގެ ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސް ވިދާޅުވެއްޖެއެވެ. އދގެ ޢާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޕީޓަރސް ވިދާޅުވީ ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، އަދި ޣައްޒާގައި އަދިވެސް ވެރިކަން ކުރަނީ ޙަމާސް ކަމަށް ވީއިރު، ފަލަސްޠީނުގެ ކުރިމަގާ މެދު ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް ހުރި ކަމަށެވެ. އެހެންކަމުން މި ޙާލަތުގައި ފަލަސްޠީނުގެ މިނިވަންކަން އެ ޤައުމުން ބަލައިގަތުމަކީ ހިކުމަތްތެރި ނިންމުމަކަށް ވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ވެސް ވަނީ މިހާރު އުފެދިފައިވާ ސުވާލަކީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަަންނާނީތޯ ނުވަތަ ނޫންތޯއެއް ނޫން ކަމަށާއި، ކުރިމަތިވެފައިވާ ސުވާަލަކީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނީ ކޮން އިރަކުންތޯ ކަމަށް ވިދާޅުވެފައެވެ.
ނިއު ޒީލޭންޑުގެ މި ނިންމުމަކީ އެ ޤައުމާއެކު ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވައި އޮސްޓްރޭލިޔާއާއި ކެނެޑާއާއި އިނގިރޭސިވިލާތުގެ ވިސްނުމާ ތަފާތު ނިންމުމެކެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެ ތިން ޤައުމުން ވެސް ވަނީ ޔަހޫދީންނާއި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއަށް ގޮންޖަހައި ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ. އދގެ މަންބަރު ޤައުމުތަކުގެ ތެރެއިން ގިނަ ޤަައުމުތައް ވެސް ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެއެވެ. ނިއު ޒީލޭންޑުގެ ސަރުކާރުން ފަލަސްޠީނުގެ މިނިވަންކަން މި ވަގުތަށް ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމާ މެދު އިދިކޮޅު ލޭބަރ ޕާޓީން ވަނީ ފާޑު ކިޔައިފައެވެ. އެ ނިންމުމުގެ ސަބަބުން ރައްޔިތުންނަށް މާޔޫސްކަން ލިބޭނެ ކަމަށާއި، ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ތަންފީޒު ކުރެވޭނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެނެގެން ކަމަށް އެ ޕާޓީގެ ޚާރިޖީ ތަރުޖަމާނު، ޕީނީ ހީނާރޭ ވިދާޅުވިއެވެ. އަދި މެދުއިރުމަތީގައި ޞުލްޙަ ޤާއިމް ކުރެވޭނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
