
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހައްޤުތަކަށް ގޮވާލައި އެމެރިކާގައި ބޭއްވި މުޒާހަރާއެއްގައި ކޮލަމްބިޔާގެ ރައީސް، ގުސްތާވޯ ޕެތުރޯ ބައިވެރިވެވަޑައިގަންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުކިޔަމަންތެރިވުމަށް ގޮވާލައްވާފައިވާތީ އޭނާއަށް ދޫކޮށްފައިވާ އެމެރިކާގެ ވިސާ ބާޠިލް ކުރާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ. މެންހަޓަންގައި ހުންނަ އދގެ އިދާރާގެ ބޭރުގައި ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާ ޕެތުރޯ ވަނީ ހަތިޔާރު އެޅި ބައިނަލްއަޤްވާމީ ލަޝްކަރެއް އެކުލަވާލައި ޔަހޫދީންގެ އަތްދަށުން ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ އެ ލަޝްކަރަކީ އެމެރިކާގެ އަސްކަރިއްޔާއަށްވުރެ ބިޔަ ލަޝްކަރަކަށް ވާންޖެހޭ ކަމަށެވެ. އެެހެންކަމުން، އެމެރިކާގެ އަސްކަރިއްޔާގެ އެންމެހާ ސިފައިންނަށް އެހެން މީހުންނާ ދިމާލަށް ބަޑި ދިއްކުރުމުގެ ބަދަލުގައި، ޓްރަމްޕްގެ ޢަމުރުފުޅަށް ނުކިޔަމަންތެރިވެ، އިންސާނިއްޔަތުގެ ޢަމުރަށް ތަބާވުމަށް ގޮވާލައްވައިކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ސަރުކާރުން ބުނީ ޕެތުރޯގެ ޒިންމާދާރުކަންކުޑަ އަދި މަސްރަހު ހޫނު ކުރުމުގެ ޢަމަލުތަކުގެ ސަބަބުން އޭނާއަށް ދޫކޮށްފައިވާ ވިސާ ބާޠިލް ކުރަން ނިންމާފައިވާ ކަމަށެވެ. އދގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ވެސް ޕެތުރޯ ވަނީ ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޔަހޫދީން ޣައްޒާގައި ހިިންގަމުންދާ ނަސްލުހޭދުގައި ޓްރަމްޕްގެ ބައިވެރިވުން ވާ ކަމަށެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންދާ ހުޅަނގުގެ ޤައުމުތަައް ވެސް ދަނީ އިތުރުވަމުންނެވެ. ނަތީޖާއެއްްގެ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީން ދަނީ އެކަހެރިވަމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައި އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ކެނެޑާއިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ. ފަހުގެ ދުވަސްތަކުގައި އެމެރިކާއިން ދަނީ ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
