
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާގެ ދަށުން އެ ރަށުގެ ފުރަބަންދު އިތުރަށް ހަރުކަށި ކުރުމާ ގުޅިގެން ކާބޯތަކެތި ހުސްވެ، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހައިހޫނުގައި ޖެހުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައި ބުނެ، އެހީދޭ ޖަމުޢިއްޔާތަކުން އިންޒާރު ކޮށްފިއެވެ. ޣައްޒާ ސިޓީއަށް ބޭރުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރެވެން އޮތް ހަމައެކަނި މަގަކީ ޛިކީމް ހުރަހެވެ. ނަމަވެސް، ޔަހޫދީން ވަނީ ފުރަބަންދު އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން ސެޕްޓެންބަރު 12ވަނަ ދުވަހު އެ މަގު ބަންދު ކޮށްފައެވެ. އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޛިކީމް މަގުން ޣައްޒާ ސިޓީއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައިވާ ކަމުގައެވެ. މިއާ އެކު، އެ ސަރަޙައްދުގައި ދިރިއުޅޭ މިލިޔަނަކަށް ވުރެ ގިނަ މީހުން ހައިހޫނުގައި ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި އދގެ އިދާރާތަކުގެ އިތުރުން ބައިނަލްއަޤްވަމީ ޖަމުޢިއްޔާތަކުން ވަނީ އިންޒާރު ކޮށްފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ޕަލަސްޓީނިޔަން އެންޖީއޯ ނެޓްވަރކްގެ ވެރިޔާ އަމްޖަދް އަލް-ޝައްވާ ވިދާޅުވީ، އޮގަސްޓު 30ވަނަ ދުވަހާ ހަމައަށް ޣައްޒާ ސިޓީގައި ދިރިއުޅޭ މީހުންނަށް ދުވާލެއްގެ މައްޗަށް 155,000އެއްހާ ކެއުން ފޯރުކޮށްދެމުން ގޮސްފައިވާނެ ކަމުގައެވެ. ނަމަވެސް، ސެޕްޓެންބަރު 22ވަނަ ދުވަހަށް ފަހު އެ އަދަދު 59,000އަށް ވެއްޓިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ހުސްވެ، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔަ ޢާންމު ބަދިގެތައް ބަންދު ކުރަން މަޖުބޫރުވެފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ޣައްޒާ ސިޓީގައި ދިރިއުޅޭ ރައްޔިތުން ބުނީ އެ މީހުންގެ ދިރިއުޅުމުގެ ހާލަތު އެތަކެއް ގުނައަކުން ގޯސްވަމުންދާ ކަމުގައެވެ. އެ ރަށް އިސްތިޢުމާރު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ ރައްކާތެރި ކަމަށް ބެލެވޭ ހިސާބުތަކަށް ހިޖުރަ ކުރަމުންނެވެ. “ހާލަތު ދަނީ އިތުރަށް ގޯސްވަމުން،” އެ ރަށުގައި ދިރިއުޅޭ ފަސް ކުދިންގެ މައެއް ކަމުގައިވާ އުންމު ޛަކީ ބުންޏެވެ. ކާބޯތަކެތި ހުސްވަމުންދާއިރު، އެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ.
ޣައްޒާ ސިޓީގެ އިދާރާތަކުން ބުނީ، އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ފެނަށް ވެސް ޖެހިފައިވާ ކަމުގައެވެ. މި ގޮތުން، އެ ރަށުގެ ރައްޔިތުންނަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ފެނުގެ އެންމެ %25 ވެސް ނުލިބޭ ކަން ޣައްޒާ ސިޓީގެ މުނިސިޕަލިޓީ އިދާރާއިން ހާމަކުރިއެވެ. މީގެ އިތުރުން، ތެޔޮ ހުސްވުމާ ގުޅިގެން އެ ސަރަޙައްދަށް ފެން އުފުލުމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޑަބްލިޔުއެފްޕީން ބުނީ، ޣައްޒާގެ ދެކުނުން އުތުރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ގެންދިޔުމަށް ވެސް ޔަހޫދީން ހުރަސް އަޅާފައިވާ ކަމުގައެވެ. މި ގޮތުން، ޣައްޒާގެ ދެކުނުން އުތުރަށް ކާބޯތަކެތި ގެންދިޔުމަށް އެދިފައިވާ ހުއްދަތަކުގެ %40އަށް ޔަހޫދީ ސިފައިން އިންކާރު ކޮށްފައިވާ ކަން، އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ހާމަކުރިއެވެ. “ޛިކިމް ބަންދު ކުރުމާ އެކު ބަނޑަށްޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައި، ބާކީ ތިބި މީހުންގެ ފުރާނަތައް ވަނީ އިތުރު ނުރައްކަލަކަށް ހުށަހެޅިފައި،” އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)ގެ ތަރުޖަމާނު ރިކާޑޯ ޕިރޭސް ވިދާޅުވިއެވެ.
ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތި، ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ވެސް ޣައްޒާ ސިޓީގައި ނެތެވެ. އެ ރަށުގައި ހިންގާ ހަތަރު ޞިއްޙީ މަރުކަޒެއް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ބަންދު ކުރުމަށް މަޖުބޫރުވެފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކުރިއެވެ. މިއާ އެކު، ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ތަހައްމަލު ކުރަން ޖެހިފައިވާ ކުޑަކުދިންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ މަގުތައް ބަންދުވެފައިވާ ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
