
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިިގަނެ، އެ ބިންތަކުގައި އާބާދު ކުރުވާފައިވާ ޔަހޫދީންނާއި އެ މީހުންގެ ވިޔަފާރިތަކާ އެކު 158 ކުންފުންޏަކުން ވިޔަފާރީގެ މުޢާމަލާތުތައް ހިންގަމުންދާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. މި ކަން ތަޙުޤީޤު ކުރުމަށް ފަހު އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ހުޅަނގު އައްސޭރީގައި އާބާދު ކޮށްފައިވާ ޔަހޫދީންނާއި، އެ މީހުންގެ ކުންފުނިތަކާ ގުޅިގެން ވިޔަފާރީގެ މުޢާމަލާތު ހިންގަމުންދާ ކުންފުނިތަކުގެ ތެރޭގައި އެއަރބީއެންބީ، ބުކިންގް.ކޮމް އަދި އެސްކްޕިޑިޔާއާއި ޓްރިޕްއެޑްވައިޒަރ ފަދަ ބޮޑެތި ކުންފުނިތައް ހިމެނޭ ކަމުގައެވެ. އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސް (އޯއެޗްސީއެޗްއާރު)ން ބަލަހައްޓާ ލިސްޓު އެންމެ ފަހުން އަދާހަމަ ކޮށްފައި ވަނީ 2023ވަނަ އަހަރުއެވެ. ނަމަވެސް، އެ ލިސްޓަށް އެ އިދާރާއިން މި ވަނީ އިތުރު 68 ކުންފުންޏެއްގެ ނަން އިތުރު ކޮށްފައެވެ. މިއާ އެކު، ހުޅަނގު އައްސޭރީގައި އާބާދު ކޮށްފައިވާ ޔަހޫދީންނާ ގުޅިގެން ވިޔަފާރީގެ މުޢާމަލާތު ހިންގާ ކުންފުނިތަކުގެ އަދަދު މި ވަނީ 158އަށް އުފުލިފައެވެ.
އެ ލިސްޓަށް އިތުރު ކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ޖަރުމަނުވިލާތުގެ ސިމެންތި އުފައްދާ ކުންފުންޏެއް ކަމުގައިވާ ހައިޑަރބަރގް މެޓީރިއަލްސް އޭޖީ ހިމެނެއެވެ. ނަމަވެސް، އެ ކުންފުނިން ވަނީ ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ވިޔަފާރި ކުރުން ހުއްޓައިލާފައިވާނެ ކަމުގައި ބުނެފައެވެ. އެ ލިސްޓުން ހަތް ކުންފުންޏެއްގެ ނަން އުނިކޮށްފައިވާއިރު، އޭގެ ތެރޭގައި ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުނި، އޮޕޯޑޯއާއި ސްޕެއިންގެ އީޑްރީމްސް ހިމެނެއެވެ. ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިވެފައިވާ އަދި އާބާދު ކޮށްފައިވާ ޔަހޫދީންނާއި، އެ މީހުންގެ ކުންފުނިތަކާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގުމަކީ، އަދި އެ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގައި ބައިވެރިވުމުގެ އަމަލެއްގެ ގޮތުގައި އޯއެޗްސީއެޗްއާރުން ސިފަ ކުރެއެވެ. އަދި، އެ ފަދަ އަމަލުތަކަށް ހިތްވަރުދޭ، އަދި ވާގިވެރިވާ ކުންފުނިތަކުން، އެ ކަންކަން ހުއްޓުވައި، ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ވެސް އޯއެޗްސީއެޗްއާރުން ވަނީ ގޮވައިލާފައެވެ.
އެ އިދާރާގެ ލިސްޓުގައި ހިމަނާފައިވާ ކުންފުނިތަކުގެ ތެރޭގައި ޒަޔަނިސްޓު ދައުލަތުގައި ވިޔަފާރި ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކުގެ އިތުރުން ކެނެޑާ، ޗައިނާ، ފަރަންސޭސިވިލާތް، އެމެރިކާ އަދި ޖަރުމަނުވިލާތުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތައް ގިނައެވެ. ޔަހޫދީން ފޭރިގަނެފައިވާ ބިންތަކުގައި ވިޔަފާރި ކުރާ ބައިނަލްއަޤްވާމީ ކުންފުނިތަކުގެ މައްސަލައަށް ދުނިޔޭގެ ނަޒަރު ހުއްޓިފައި މި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އަދި، ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް ފޭރިގަތުމަށް ‘އީ1’ގެ ނަމުގައި ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ވަގުތެއްގައެވެ. އޯއެޗްސީއެޗްއާރުގެ ލިސްޓުގައި ގިނައީ އިމާރާތް ކުރުމާއި، ގެދޮރު ކުއްޔަށް ދޫކުރުމާއި މައިން ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ. އެ އިދާރާއިން ބުނީ، ހުޅަނގު އައްސޭރީގައި އާބާދު ކޮށްފައިވާ ޔަހޫދީންނާ ގުޅިގެން ވިޔަފާރި ހިންގާ ކަމަށް ތުހުމަތު ކުރެވޭ އިތުރު 300 ކުންފުންޏަކާ ގުޅޭ ދިރާސާތައް ކުރަމުންދާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
