
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހާލަތު އިތުރަށް ދަށްވަމުންދާ ކަމުގެ އިންޒާރު ކުރައްވައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުގެ އިންތިޤާލީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދުު ޔޫނުސް ގޮވައިލައްވައިފިއެވެ. އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ތަޤުރީރު ކުރައްވަމުން ޔޫނުސް ވިދާޅުވީ އޭނާގެ ޤައުމުން ޙިމާޔަތް ދީފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފޯރުކޮށްދެމުންދާ އެހީ މަދުވުމާ އެކު، އެ މީހުންގެ ހާލަތު ދަށްވަމުންދާ ކަމުގައެވެ. ރޮހިންޔާއިންނަކީ މިޔަންމާގެ ރާކައިން ސްޓޭޓްގެ ރައްޔިތުންނެވެ. އޭގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފައި ވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރާއި ބުދު ދީނުގެ ހައްދުފަހަނަ އެޅި ގުރޫޕުތަކުން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމަށެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަޙައްދުގައި 1.3 މިލިޔަނެއްހާ ރޮހިންޔާ ދަރިކޮޅުގެ މީހުން މި ވަގުތު ދަނީ ދިރިއުޅެމުންނެވެ.
“އަވައްޓެރި މިޔަންމާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ނުރައްކާ އޮތީ ހަމައެކަނި މި ސަރަޙައްދަށް އެކަންޏެއް ނޫން، ބަންގްލަދޭޝްގައި ޙިމާޔަތް ހޯދަމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެނބުރި ވަޒަނަށް ދިޔުމަށް ވެސް އޮތީ ހުރަސް އެޅިފައި،” ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ ޔޫނުސް ވިދާޅުވިއެވެ. ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ އިސް މުޝީރު ކަމުގެ މަޤާމާ އޭނާ ޙަވާލުވެ ވަޑައިގަތީ، ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިޢުފާއަށް ފަހުއެވެ. ޔޫނުސް ވިދާޅުވީ، ބަންގްލަދޭޝުން ޙިމާޔަތް ދެމުންދާ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ފޯރުކޮށްދެމުންދާ ފައިސާގެ އަދަދު ދަށްވެފައިވާ ކަމުގައެވެ. މި ގޮތުން، އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ލިބެމުންދާ އެހީގެ ފައިސާގެ އަދަދު ދަށްވުމާ އެކު، އެ މީހުން ހައިހޫނުގައި ޖެހުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ރާކައިން ސްޓޭޓްގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2017ވަނަ އަހަރުއެވެ. އެ ހަމަނުޖެހުންތައް އަށް އަހަރަށް ދެމިގެން ގޮސްފައިވާއިރު، އެ ކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމުގައި ޔޫނުސް ވިދާޅުވިއެވެ. “ރޮހިންޔާ ދަރިކޮޅުގެ މީހުން އެކަހެރި ކުރުމުގެ ފުރުޞަތު ދީގެން ބަލަށް ތިބެވޭކަށް ނެތް،” ރޮހިންޔާއިންނަށް މިޔަންމާގެ ރައްޔިތުކަން ދިނުމަށް އެ ޤައުމުގެ އަސްކަރީ ސަރުކާރަށް ބާރު އެޅުމަށް ގޮވައިލައްވަމުން ޔޫނުސް ވިދާޅުވިއެވެ.
ބަންގްލަދޭޝުން ޙިމާޔަތް ދެމުންދާ ރޮހިންޔާއިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސެޕްޓެންބަރު 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާއަށް އަލިއަޅުއްވައިލައްވައި ޔޫނުސް ވިދާޅުވީ، އެ ބައްދަލުވުމުގެ ތެރެއިން ރޮހިންޔާއިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމަށް، ހުސްވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް 150,000އަށްވުރެ ގިނަ ރޮހިންޔާއިން ވަނީ ބަންގްލަދޭޝަށް ހިޖުރަ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
