
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއިން ކުޅުނު ދެވަނަ މެޗުގައިވެސް އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ފިޓްނެސްގެ މައްސަލަތައް ކަމަށް ކޯޗު އަހުމަދު ނިމާދު ބުނެފިއެވެ. އީގަލްސް އާއި ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިކުމެ 2-2 ން ދެޓީމު އެއްވަރުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ނިމާދު ބުނީ ދެވަނަ ހާފްގައި ބުރުން ކުޅުނީ ވަރަށް ޕްރެސް ކޮށްގެން ކަމަށެވެ. ނިމާދު ބުނީ އީގަލްސްއިން ކުޅެން ނެރުނީ އަނިޔާގެ މައްސަލަތައް ހުރި ކުޅުންތެރިންކަމަށާއި އަދިވެސް ކުޅުންތެރިން ރިކަވަރ ނުވާތީ އެ މައްސަލަ ދެވަނަ މެޗުންވެސް ފާހަގަ ކުރެވުނުކަމަށެވެ.
އެހެންނަމަވެސް ބުރު އަތުން ބަލިވުމަަށްވުރެ ޕޮއިންޓެއް ލިބުމުގެ ހިތްހަމަޖެހުން އެ މެޗުން ލިބުނު ކަމަށާއި ގޭމް ދިޔައީ ވަރަށް ހަމަހަމަކޮށް ކަމަށް ނިމާދު ބުންޏެވެ. އަދިވެސް މިއުޅެނީ ކުޅުންތެރިންނަށް ރެސްޓްދީގެން ކަމަށާއި ވަރުގަދަ މެޗެއްގައި ބަދަލެއް ގެންނަން ޖެހުނަސް މިވަގުތު ތިބީ ވަރަށް ޅަ ކުދިން ކަމަށް ނިމާދު ފާހަގަކުރިއެވެ. އަދި މިހާރު ކުރިޔަށްދާ ފުޓްސަލް މުބާރާތްތަކާއި އެކި މުބާރާތްތަކުގައި ކުޅުމުގެ ތެރެއިން ބައެއް ކުޅުންތެރިންނަށް ބޮޑެތި އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި ލީގުގައި އީގަލްސްއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މިއީ ކަމަށް ނިމާދު ބުންޏެވެ.
”ފިޓްނަސްގެ ކަންތައްތައް އެބައުޅޭ އެންމެ ބޮޑު މައްސަލައަކީ ކުލަބު މޯލްޑިވްސްގައި އަދި އެހެނިހެން މުބާރާތްތައް މިދުވަސްކޮޅު ކުޅުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ދިމާވެފައިވާ ބޮޑެތި އަނިޔާގެ މައްސަލަތައް“ ކޯޗު ނިމާދު ބުންޏެވެ. ކުލަބް އީގަލްސް މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުން އީގަލްސްވަނީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ އަތުން ބަލިވެފައެވެ. އީގަލްސްއިން ދެން ނިކުންނާނީ 1 އޮކްޓޫބަރުގައި ކުލަބު ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
