
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑް އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ. މި ނަތީޖާ އަކީ ފާއިތުވެދިޔަ 75 އަހަރުގެ ތެރޭގައި މެޑްރިޑްގެ ވާދަވެރި ދެ ކްލަބުގެ ބައްދަލުވުންތަކުގެ ތެރެއިން އެތްލެޓިކޯ މެޑްރިޑް އިން ރެއާލް ކޮޅަށް ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އެތްލެޓިކޯ މެޑްރިޑް އަށް އެންމެ ފަހުން ގިނަ ލަނޑުތަކެއް ރެއާލް ކޮޅަށް ޖެހިފައިވަނީ 1950 ވަނަ އަހަރު އެވެ. އެ މެޗުން އެތްލެޓިކޯ މެޑްރިޑް މޮޅުވެފައިވަނީ 6-3 ގެ ނަތީޖާ އަކުންނެވެ. މެޑްރިޑްގެ ރިޔާދު އެއަރ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ ރޮބިން ލެ-ނޯމަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 11 މިނިޓު ފަހުން ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ 36 ވަނަ މިނިޓުގައި އާޑާ ގުލާ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އެތްލެޓިކޯ މެޑްރިޑްގެ އެލެކްޒެންޑަރ ސޯލޮތް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ. ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އައި އެތްލެޓިކޯ މެޑްރިޑް އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ރެއާލްގެ މައްޗަށް ކުރި ހޯދާފަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި އަލްވަރޭޒް ކާމިޔާބުކުރިއިރު މެޗުގެ އިތުރު ވަގުތުގައި އެންޓޮއިން ގްރީޒްމަން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފަ އެވެ. ލަލީގާގައި އެންމެ ފަހުން ރެއާލް މެޑްރިޑް ކޮޅަށް ފަސް ލަނޑު ޖަހާފައިވަނީ 2018 ވަނަ އަހަރު ބާސެލޯނާ އެވެ. އެ މެޗުން ބާސެލޯނާ މޮޅުވެފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
