
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ފަހަތުން އަރާ 3-1 ގެ ނަތީޖާއަކުން ބްރައިޓަން އިން ޗެލްސީ ބަލިކޮށްފި އެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ 24 ވަނަ މިނިޓުގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އޭގެ ތެރޭގައި ޕެޑްރޯ ނެޓޯ އާއި އެސްޓެވާއޯ ވިލިއަން ފޮނުވާލި ނުރައްކާތެރި ހަމަލަތައް ބްރައިޓަންގެ ގޯލުކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު 1-0 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮތް ނަމަވެސް މެޗުގެ 53 ވަނަ މިނިޓުގައި ޗެލްސީގެ ޑިފެންޑަރ ޓްރެވާ ޗަލޮބާ އަށް ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލުމާއިއެކު މެޗުގެ އޮއިވަރު ވަނީ ބަދަލުވެފަ އެވެ. ޗަލޮބާ އަށް ރަތް ކާޑު ދައްކާފައިވަނީ ޓީމުގެ އެންމެ ފަހު ކުޅުންތެރިޔާއަށްވެހުރެ ބްރައިޓަންގެ ޖިއޮޖީނިއޯ ރުޓަރ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ޗެލްސީ އެންމެ ފަހުން ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ގޯލުކީޕަރު ރޮބަޓް ރަންޗޭޒް އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. ޗަލޮބާ އަށް ދެއްކި ރަތް ކާޑާއިއެކު ޗެލްސީ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގާ ބްރައިޓަން އިން ވަނީ އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ޗެލްސީގެ ފަހަތަށް ޕްރެޝަރ ބޮޑުކޮށްފަ އެވެ. އެގޮތުން މެޗުގެ 77 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނީ ވެލްބެކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ބްރައިޓަން އަށް ކުރި ލިބިފައިވަނީ މެޗުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި މެކްސިމް ޑިކޫޕަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އިތުރު ވަގުތުގެ 11 މިނިޓުގެ ކުޅުން ނިމުމުގެ ކުރިން ޑެނީ ވެލްބެކް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މި ނަތީޖާ އާއިއެކު ލީގުގައި ކުޅުނު 6 މެޗުން ލިބިފައިވާ 8 ޕޮއިންޓާޢެކު ޗެލްސީ ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ. ބްރައިޓަން އަށް ލިބުނު 8 ޕޮއިންޓާއެކު އެ ޓީމު ވަނީ 10 ވަނަ އަށް އަރާފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
