
އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ކުޅެން ހަމަޖައްސާފައިވާ ބައެއް ސިޓީތައް ބަދަލުކުރާނެކަމުގެ އިޝާރާތެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓަރަމްޕް ދެއްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު މިކަމާ ގުޅޭ ގޮތުން އޯވަލް އޮފީހުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. “އަހަރެންނަށް ރައްކާތެރި ނޫން ކަމަށް އެ ސިޓީއެއް ފެނިއްޖެނަމަ އަހަރުމެން އެހެން ތަނަކަށް މެޗުތައް ބަދަލު ކުރާނަން،” ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް ޓްރަމްޕް މެޗުތައް ކުޅުވަން ބޭނުންނުވާ ސިޓީތަކެއް މިހާތަނަށް ވިދާޅެއްނުވެއެވެ.
އެކަމަކު އޭއެފްޕީން ލަފާކުރާ ގޮތުގައި މެޗުތައް ކުޅެން ހަމަޖައްސާފައިވާ އެމެރިކާގެ 11 ސިޓީގެ ތެރެއިން ކެންސަލް ކުރާނެ ދެ ސިޓީއަށް ވާނީ ސެން ފްރެންސިސްކޯ އާއި ސިއަޓަލް އެވެ. މި ދެ ސިޓީ އަކީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ސިޔާސަތުތަކާ އެންމެ ބޮޑަށް ދެކޮޅު ހަދައި، އެމެރިކާގެ ޑިމޮކްރެޓުން ކޮންޓްރޯލް ކުރާ ދެ ސިޓީއެވެ. ޚާއްސަކޮށް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުތަކާއެވެ. ނަމަވެސް އެމެރިކާގެ ރައީސަށް ނުވަތަ ސަރުކާރަށް މެޗުތައް ކުޅޭތަން ބަދަލުކުރުމުގެ ބާރު ލިބފައިވާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާއިން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ފީފާގެ ބަހެއް ހޯދުމަށް އޭއެފްޕީން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށްވެސް އެނޫސް އެޖެންސީން ވަނީ ބުނެފައެވެ.
ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށްފަހު ޓްރަމްޕް ގެންދަވަނީ ކުޅިވަރުގެ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވަޑައިގަންނަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
