
(ފޮޓޯ ކްރެޑިޓްސް: ފެނަކަ)
ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓު ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި، 2021 އިން 2023 އާ ދެމެދު ތިން އަހަރުގެ ތެރޭގައި ޕްރޮޖެކްޓު މުވައްޒަފުންގެ ކެއުމުގެ ޚަރަދަށް ބިލު ކުރަން ޖެހޭ ވަރަށް ވުރެ އިތުރަށް 14.2 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ދީފައިވެއެވެ. އޮޑިޓާ ޖެރެނަލްގެ އޮފީހުން ނެރެފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ފެނަކައިން މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނަށް ކެއުމުގެ ޚަރަދު ދީފައިވަނީ މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ އަދަދަށް ވުރެ އިތުރަށް ބިލުކޮށްގެން ކަމެވެ. މި މައްސަލައިގައި ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާކަމަށް ވެސް އޮޑިޓުގައި ބުނެއެވެ.
އެންމެ ބޮޑަށް އިތުރު ޚަރަދުކުރެވިފައިވަނީ ގދ. ގައްދޫ އިންޖީނުގެ އިމާރާތުގެ މަޝްރޫޢުގައެވެ. މި މަޝްރޫޢުގައި ކެއުމަށް ޚަރަދުކުރަންޖެހޭ 4.14 މިލިއަން ރުފިޔާގެ ބަދަލުގައި 9.98 މިލިއަން ރުފިޔާ ދައްކާފައިވާއިރު، އެއީ 5.83 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން ގދ. ވިލިނގިލީ މަޝްރޫޢުގައި 1.95 މިލިއަން ރުފިޔާ އިތުރަށް ދީފައިވެއެވެ.
ފެނަކަ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ ތުހުމަތުތައް މީގެ ކުރިން ބަލާފައި ނުވުމާއެކު، މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް މަޖިލީހުގެ ދައުރުގައި އެސެޓް ރިކަވަރީ ބިލެއް ހުށަހަޅުއްވައި، އެ ބިލު ގާނޫނަކަށް ވުމާއެކު ވައްކަންކޮށްފައި ތިބި އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތައް ބާރަށް ދާނެ ކަމަށެވެ. އެ ބިލުގެ މަގުސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ޝާމިލުވާ ފަރާތްތަކުން ބަދަލު ނެގުން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
