
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
4 އަތޮޅަކަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ތަފްސީލްގޮތެއްގައި އެނގިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ވ، މ، ފ، އަދި ތ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ޢުމްރާނީ ތަރައްޤީގެ ޖުމްލަ 124 މަޝްރޫއުއަކާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާކަމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ވ.އަތޮޅުގެ 5 ރަށް، ފ.އަތޮޅުގެ 5 ރަށް، މ.އަތޮޅުގެ 8 ރަށް އަދި ތ.އަތޮޅުގެ 13 ރަށަކަށް ވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްތައް ރޭވުމަށްކަމަށެވެ. އެކަން މި ދަތުރުފުޅުގައި ވަރަށް ރަނގަޅަށް ޙާސިލްވިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ދަތުރުގެެތެރެއިން ޖުމްލަ 124 މަޝްރޫޢުއަކާ ގުޅޭ ކަންކަން ކުރިއަށްގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
މަޝްރޫއުތަކުގެ ތަފްސީލްތައް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ޖުމްލަ 60 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށާއި 40 މަޝްރޫޢުއެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި 24 މަޝްރޫޢެއްގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށާފައިވާކަމަށާއި ވަކިވަކި އަތޮޅުތަކަށް ބަލާއިރު ވ.އަތޮޅުގައި 5 މަޝްރޫޢުގެ މަސައްކަތް ފެށި، 4 މަޝްރޫޢުގެ ނިމުން ފާހަގަކޮށްފައިވާކަމަށާއި އަދި 4 އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ފ. އަތޮޅުގައި 13 މަޝްރޫއުއެއް މުޅިން އަލަށް ފަށާފަވާއިރު، 6 މަޝްރޫޢުގެ ނިމުން ފާހަގަކޮށްފަވެއެވެ. އަދި 10 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މ. އަތޮޅުގައި 13 މަޝްރޫޢެއް އަލަށް ފަށާފަވާއިރު، 2 މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފައިވެއެވެ. އަދި 6 މަޝްރޫޢެއާގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ތ. އަތޮޅުގެ 13 ރަށަށް ވަޑައިގެންނެވިއިރު، 29 މަޝްރޫޢެއާގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި 12 މަޝްރޫޢެއްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްފަވެއެވެ. މުޅިން އަލަށް 20 މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި 4 އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ އޭޓިއެމްގެ ޚިދުމަތްވެސް ޤާއިމްކޮށް ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
