
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައިވާ ގޮތުން، އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަޙުމަދު ސަޢީދު ހުންނެވި އިރު، އޭނާގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ މަސައްކަތް ބިޑަކާ ނުލައި ހަވާލުކޮށްފައިވެ އެވެ. މިގޮތުން ޖުމްލަ 31.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ފެނަކައިގެ 2021-2023 ގެ ޚާއްސަ އޮޑިޓަށް ފަހު ނެރުނު މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސަޢީދުގެ ޅިޔަނުންނާއި ޅިޔަނެއްގެ ދަރިއެއްގެ ކުންފުނިތަކަށް މުދަލާއި ޚިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް ހެދި އެވެ. އެއީ:
- ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް: 84 އެއްބަސްވުމުގެ ދަށުން 22.2 މިލިއަން ރުފިޔާގެ މަސައްކަތް (16.4 މިލިއަން ދޫކޮށްފައިވޭ). މައިގަނޑު ގޮތެއްގައި ރަށްރަށުގެ އިންޖީނުގެތަކާއި އޮފީސްތަކަށް އެލުމިނިއަމް ދޮރުޖެހުމުގެ މަސައްކަތް.
- ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް: 6 އެއްބަސްވުމުގެ ދަށުން 15.7 މިލިއަން ރުފިޔާގެ މަސައްކަތް (10.1 މިލިއަން ދޫކޮށްފައިވޭ). އާ އޮފީސް އިމާރާތަކާއި އިންޖީނުގެއަކާއި ތިން ރަށެއްގެ އިންޖީނުގެއަށް ފިއުލް ޓޭންކް ހެދުމުގެ މަސައްކަތް.
- ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް: 2 އެއްބަސްވުމުގެ ދަށުން 11.6 މިލިއަން ރުފިޔާގެ މަސައްކަތް (4.5 މިލިއަން ދޫކޮށްފައިވޭ). އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް.
މި މައްސަލަތަކާ ގުޅިގެން 2021 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް މިފަދަ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ފެނަކަ ކޯޕަރޭޝަންގައި ހިނގަމުންދާކަން ގެނެސްފައިވީ ނަމަވެސް، އޭރުގެ ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
