
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އޮޑިޓަ ޖެނެރަލްގެ އޮފީހުން ފެނަކަ ކޯޕަރޭޝަންގެ 2021 އިން 2023 އާ ދެމެދުގެ ހިދުމަތާއި ތަކެތި ހޯދުމަށް ކުރި ހަރަދުތަކުގެ ހާއްސަ އޮޑިޓު ރިޕޯޓެއް ނެރެފިއެވެ. މި ރިޕޯޓުގައިވާ ގޮތުން، ޖުމްލަ 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަކަށް ނުލައި، އުސޫލާ ހިލާފަށެވެ. މި މުއްދަތުގައި ފެނަކައިން 673 އެއްބަސްވުމެއްގައި ސޮއިކުރިއިރު، އޭގެ ތެރެއިން 438 އެއްބަސްވުން (65 އިންސައްތަ) ހަދާފައިވަނީ އާންމުކޮށް އިޢުލާންކުރުމެއް ނެތި، ދެތިން ފަރާތަކުން އަގު ހޯދައިގެންނެވެ.
ރާއްޖެއިން ބޭރުން ތަކެތި ހޯދާ އިރު 225,000ރ. އަށް ވުރެ ބޮޑު ތަކެއްޗަށް އާންމުކޮށް ބީލަން ހުޅުވައިލަން ޖެހޭ އުސޫލުން އިސްތިސްނާވާ ގޮތަށް ފެނަކައިގެ ގަވައިދު ހެދިފައިވާކަން ވެސް ރިޕޯޓުން ފާހަގަވެއެވެ. މިގޮތުން ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ހޯދުމުގައި ސަޕްލަޔަރުންނަށް 40 އިންސައްތަ އާއި 55 އިންސައްތައާ ދެމެދުގެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ހަރަދުކޮށްފައިވެއެވެ. ތިންވަނަ ފަރާތެއް މެދުވެރިނުކޮށް އެ ތަކެތި ސީދާ ރާއްޖެއިން ބޭރުން ހޯދުނު ނަމަ ގާތްގަނޑަކަށް 287 މިލިއަން ރުފިޔާގެ ހަރަދު ކުޑަކުރެވުނުކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ރަށްރަށުން ތަންތަން ކުއްޔަށް ހިފުމުގައި ވެސް އެންމެ ފަރާތަކުން އަގު ހޯދައިގެން އުސޫލާ ހިލާފަށް އަމަލުކޮށްފައިވާއިރު، އެ ތަންތަން ކުއްޔަށާއި މަރާމާތަށް 12.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޮޑިޓަރ ޖެނެރަލް ވަނީ މިކަންކަމުގައި ޒިންމާވާ ފަރާތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ހުށަހަޅުއްވާފައެވެ. ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި، 2021 ވަނަ އަހަރު އޭސީސީން ވެސް ފެނަކައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާކަން ފާހަގަކޮށް، ފިޔަވަޅު އެޅުމަށް އެދިފައިވީނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
