
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް “އެސެޓް ރިކަވަރީ” ގާނޫނެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރަށް އަންނަ މަހު ހުޅުވުމުން މި ބިލު ފޮނުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، ކޮރަޕްޝަން ނައްތާލުމަށް އިސްކަންދޭނެ ކަމަށާއި، ސަރުކާރާއި ދައުލަތުގެ ތެރެއިން މި ވަބާ ނައްތާލާނެ ކަމަށެވެ. ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ ވައްކަމާއި ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ކުޑަކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު އޮތް ނިޒާމުން ކޮރަޕްޝަންގެ ތުހުމަތުވާ މީހުންގެ އަތުން އެއްވެސް އެއްޗެއް ހޯދަން ދަތިކަން ފާހަގަކުރައްވައި، ރައްޔިތުންގެ ފައިސާ ފޮރުވައިގެން އުޅޭ މީހުންނަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލީހުން ބިލު ފާސްކުރައްވާ ދުވަހުން ފެށިގެން، މީގެ ކުރިން ބޮޑެތި ވައްކަން ކޮށްފައިވާ ހުރިހާ ފަރާތްތަކެއްގެ ފަހަތުން ވަރަށް ބާރަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރުގައި ފެނަކަ އަށް ލިބުނު ގެއްލުންތައް އޮޑިޓް ރިޕޯޓުން ފެނިވަޑައިގެންފައިވާ ކަމަށާއި، މިއީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަތައް އަވަސްކުރުމަށް ފުލުހުންނާއި، އޭސީސީ، އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރާނީ އެއްވެސް މީހަކަށް ބެލުމެއް ނެތި، ކުރި އަމަލަށް ބަލައިގެން، ސިޔާސީ ނުވެ، އެންމެ އަދުލުވެރި ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ނުފޯރުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
