
ޒުވާން ވަކީލް މުހައްމަދު ޝައްފާން އަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސެވެ. އުމުރުން 30 އަހަރުގެ ޝައްފާން، އޯ ލެވެލް އަދި އޭ ލެވެލްގައި ރާއްޖެއިން އެއްވަނަ ހޯދައި، ރައީސްގެ ސްކޮލަޝިޕްގައި މަތީ ތައުލީމު ފެށީއެވެ. އޭނާގެ ޕީއެޗްޑީ ތީސިސް ހެދީ ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސްގެ މައްޗަށެވެ. ޝައްފާން މިހާރު ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރަމުންދާ އިރު، އޭނާގެ ތީސިސްގެ މައްޗަށް ބިނާކޮށް ބައެއް ދިރާސާތަކާއި ލިޔުންތައް ވެސް ލިޔަމުން އާދެއެވެ. އޮކްސްފޯޑުން ޕީއެޗްޑީ ފުރުސަތު ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ޝައްފާން ވަނީ ފާހަގަކޮށްފައެވެ.
ކިންގްސް ކޮލެޖް ލަންޑަނުން ވެސް އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ޑިގްރީ ނިންމާފައިވާ ޝައްފާނަށް، ފިކުރީ މުދަލާ ބެހޭ ގާނޫނުން ހާއްސަވުމަށް ކެމްބްރިޖް ޔުނިވަރސިޓީން ވެސް ފުރުސަތު ލިބުނު ނަމަވެސް އޭނާ އިހުތިޔާރުކުރީ އޮކްސްފޯޑެވެ. މާސްޓާސްއަށް ވެސް އޮކްސްފޯޑުން 20,000 ޕައުންޑުގެ ސްކޮލަޝިޕެއް ލިބިފައިވެއެވެ. ޕީއެޗްޑީ ހަރަދުތަކުގެ ބައެއް އޮކްސްފޯޑް ލޯ ފެކަލްޓީން ދިންއިރު، އިތުރު ހަރަދުތައް ކުރީ އަމިއްލައަށެވެ. ރާއްޖެއިން ބޭރުގައި ކިޔަވަމުންދަނިކޮށް ވެސް އޭނާ ވަނީ އަމިއްލަ ލޯ ފާމަކާއި ގާނޫނީ ވެބްސައިޓެއް ހިންގާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
