
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުގީގު އަވަސްކުރުމަށް ކަމާބެހޭ އިދާރާތަަކަށް އަންގާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ސަރުކާރުން ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ޑިޖިޓަލައިޒޭޝަން ސިޔާސަތު ނުވަތަ “މޯލްޑިވްސް 2.0″ގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް ވިދާޅުވިއެވެ.
“ޑިޖިޓަލައިޒް މިކުރަނީ އެ ބޭނުމުގައި. ގަވަނެންސް ނިޒާމު މި ޑިޖިޓަލައިޒް ކުރަނީ ކޮރަޕްޝަން އިރެޑިކޭޓް ކުރަން ނައްތާލަން. އެހެންމަ މިއީ އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ކުރިއަށްގެންދާ އެންމެ ބޮޑު ބިޔަ މަޝްރޫޢު. މި މަޝްރޫއަކީ އިމާރާތެއް ނޫން އަތުން ހިފޭ އެއްޗެސް ނޫންކަމުގައި ވިޔަސް ކޮރަޕްޝަން ނައްތާލެވޭކަން އިހުސާސްކުރެވިގެންދާނެ.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުރިން ތަޙުގީގުކޮށް ބަލާފައިނުވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް މިހާރު ބަލަމުންދާކަން ހާމަކުރައްވާފައެވެ. އެގޮތުން މުޅި ޤައުމުގެ ހަމަޖެހުމާއި ގުޅިފައިވާ މިފަދަ ބޮޑެތި މައްސަލަތައް ރަނގަޅަށް ބަލާ ތަޙުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް، އަންގާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މިފަދަ އެއްވެސް ތަޙުގީގަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. “އެހެންވީމާއި ކުރިން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އަޅުގަނޑުމެން ޖުޑިޝަރީއަށް މިހާރު މިވަނީ ކަންކަން މަގުފަހިކޮށްދީފަ. އަޅުގަނޑުމެން މިކަން މި ގެންދަނީ ޤާނޫނީ ނިޒާމުގެ ތެރެއިން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް އެސެޓް ރިކަވަރީ ބިލެއް ހުށަހަޅާން ނިންމާފައިވާކަންވެސް ރައީސްވަނީ ހާމަކުރައްވާފައެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ އެމްއެމްޕީއާރުސީ އަދި ފެނަކަ ފަދަ ކުންފުނިތަކުން ކޮށްފައިވާ ޚިޔާނާތުގެ މައްސަލަތައް ބެލުންކަމަށާއި، މަޖިލީހުން މި ބިލު ފާސްކުރުމާއެކު، އެ ބިލު ތަސްދީގުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފެނަކައިގެ މައްސަަލަ. އެއީ ހުރިހާ ރަށެއްގައި އޮތް ކުންފުންޏެއް. މި ކުންފުންޏަށް ހަދާފައޮތީ ވަރަށް ހިތާމަވެރިގޮތެއް. އޭގަ އެއޮތީ އެތައް ސަތޭކަ މިލިޮޔަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށް. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަހުގީގު ކުރަން ފަށާފަ. އަންގައިފިން އޭސީސީއަށް އަދި ޕީޖީ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަހުގީގުކުރަން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނީ އޮޑިޓަރ ޖެނެރަލް ކުރިއަށްގެންދެވި އެކުންފުނީގެ އޮޑިޓް ރިޕޯޓުންނެވެ. މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް އެކުންފުންޏާއި ގުޅޭ ޚިޔާނާތުގެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދަޢުވާކުރުމަށްވަނީ ކޯޓަށް ފޮނުވާފައިވާއިރު އެމައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސްވަނީ ހިފަހައްޓާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
