
ތިމަރަފުށީގައި މިހާރު ކުރިއަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ ރަމަޞާން މަހުގެ ކުރިން ނިންމައިދެއްވާނެކަމަށާއި، އަދި އިތުރު 100 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ތިމަރަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސް ވަނީ ތިމަރަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމަރަފުށީގައި ފަށާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ސަބަބު ބަލާ، އެ މަސައްކަތް އަވަސްކުރުމަށް ފެނަކައާއެކު މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ފެނަކައާ ހަވާލުކޮށްގެން، ފެނާ ނަރުދަމާ ގުޅުމުގެ މަސައްކަތް އަވަސްކޮށް، އަންނަ ރަމަޞާން މަހުގެ ކުރިން ހައުސިން ޔުނިޓްތަކަށް ވަދެވޭނެގޮތް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތިމަރަފުށީގައި އިމާރާތް ކުރަމުންދާ ޔުނިޓްތައް ދޫކުރުމުގައި މާލީ ލުއިތައްވެސް ދެއްވާނެކަމަށެވެ.
“ގެތަކުގެ ކުލި މިހާރު ވަނީ 3333އަށް ކުޑަކޮށްފަ. އަދި ޑައުން ޕޭމަންޓްވެސް މިރަށުގައި 20000 އިން 10000އަށް ކުޑަކޮށްދޭނަން. އަދި ގްރޭސް ޕީރިއަޑްވެސް ފަށާނީ ގެތަކަށް ވަންނަ ހިސާބުން.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތިމަރަފުށީގައި އިތުރު 100 ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފެށުމަށް ހަމަޖެހިފައިވާކަމަށާއި، ފަތުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފުރުޞަތު ދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ރަށުގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއްކަމަށާއި މިހާރު މަސައްކަތް ފަށާފައިވާ ހޮސްޕިޓަލް ވެގެންދާނީ ވަސީލަތާއި ޚިދުމަތްތައް ފުރިހަމަ ހޮސްޕިޓަލަކަށްކަމަށެެވެ.
“މިވަގުތު ރަށުގެ ސިއްޙީ މަރުކަޒު ސިއްޙީ މަރުކަޒުތަކުގެ އެންމެ މަތީ ލެވެލް، ލެވެލް 4އަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މި މަސައްކަތް 3 މަސްތެރޭ ނިމޭނެ. މިހަރު ހުރި އިމާރާތައް ވަސީލަތާ މުވައްޒަފުން އިތުރުކުރާނަން.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ބަނދަރުވެސް ތަރައްޤީ ކުރެވިގެންދާނީ މުޅިން އާ ބަނދަރެއްގެ ގޮތުގައިކަމަށާއި ބަނދަރަށް ޖާގަވެސް އިތުރުކުރެވޭނެކަމަށެވެ. އަންނަ ނޮވެމްބަރުމަހު ތިމަރަފުށީގައި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ހިންގުން ވެމްކޯއާ ހަވާލުކޮށް، ދެމެހެއްޓެނިވި ނިޒާމަކުން ކުނި މެނޭޖުކުރުން ކުރިއަށްގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތ.އަތޮޅުގައި އަދި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ފަޅުރަށް، ފަތުވެރިކަމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ތ.އަތޮޅުގައި ފަތުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
