
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ ޢާންމު މަޖިލީހުގައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރާ ވަގުތު ޖެހުމުން ޖަލްސާ ކުރާ މާލަމުގައި ތިބި އެތައް ޤަައުމެއްގެ ވަފުދުތައް އެ މަޖިލިސް ދޫކޮށްފައި ގޮސްފިއެވެ. ތަޤުރީރު ކުރުމަށް ނަތަންޔާހޫ ޕޯޑިއަމް ދޮށަށް ދިޔުމުން ދިވެހި ރާއްޖެ ހިމެނޭ ގޮތަށް އެތައް ޤައުމެއްގެ ވަފުދުތައް ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން މާލަމުން ބޭރަށް ނިކުމެ، މާލަމް އެއްކޮށްހެން ހުސްކޮށްލައިފައެވެ.
ޒަޔަނިސްޓު ޔަހޫދީންނާ މެދު ބައިނަލްއަޤްވާމީ ދުނިޔެއިން މިފަދަ ގޮތަކަށް ނުރުހުން ފާޅުކޮށްފައި މި ވަނީ 2023ވަނަ އަހްރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ފަލަަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެންނެވެ. ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުން އެ ސަހަރުން ބޭރުކުރާނެ ކަމަށް ފާޅުގައި ބުނަމުންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ 65،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، ޔަހޫދީން ދަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެކުރުމަށް ވެސް ހުރަސްއަޅަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ގިނަ ޤައުމުތަކަކުން ދަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންނެވެ. އެއާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީ ދައުލަތުގެ އެކަހެރިކަން ވެސް ދަނީ އިތުރުވަމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ޔަހޫދީންނާއި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއަށް ގޮަން ޖަހައި ފަރަންސޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
