
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް)
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރަމުންދާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތައް ޣައްޒާއަށް ދިޔުމަށް ގްރީސްގެ ކަނޑުގެ ސަރަޙައްދުން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދަށް ނިކުންނަން ތައްޔާރުވެއްޖެއެވެ. އެހީގެ ސާމާނު ހިފައިގެން ޖީއެސްއެފުން ޣައްޒާއަށް ކުރަމުންދާ ދަތުރު ކުރިއަށް ގެންދަނީ ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއާ ހަމައަށް ފޯރިޔަ ނުދޭނެ ކަމުގެ އިންޒާރު ޔަހޫދީން ދެމުން ދަނިކޮށެެވެ. ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. މި ބައިނަލްއަޤްވާމީ ޙަރަކާތުގައި 44 ޤައުމަކުން 50އެއްހާ އުޅަނދު ބައިވެރިވެއެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.
މި ހަފްތާގެ ތެރޭގައި ޖީއެސްއެފަށް ޑްރޯން ޙަމަލާއެއް އަމާޒުވެފައިވެއެވެ. ނަމަވެސް އެ ޙަމަލާގައި އެއްވެސް މީހަކަށް ޒަޚަމްވެފައެއް ނުވެއެވެ. މި ޙާލަތުގައި އިޓަލީވިލާތާއި ސްޕެއިނުން ވަނީ ޖީއެސްއެފްގައި ތިބި އެ ދެ ޤައުމާއި ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރީ މަނަވަރު ފޮނުވައިފައެވެ. ގްރީސުން ބުނީ ޖީއެސްއެފަށް ރައްކާތެރިކަމާއެކު އެ ޤައުމުން ފުރައިގެން ދެވޭނެކަން ކަށަވަރުކޮށްދޭނެ ކަމަށެވެ. ޖީއެސްއެފްގެ އުޅަނދުތައް އަންނަ ހަފްތާގެ ކުރީކޮޅު ޣައްޒާއާ ހަމައަށް ފޯރުާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ޔަހޫދީން ވަނީ ޖީއެސްއެފްގައި ހުރި އެހީގެ ސާމަނު ޣައްޒާއަށް ގެންދިޔުމަށް ޔަހޫދީންނާ ޙަވާލު ކުރުމަށް ބުނެފައެވެ. އަދި އެ ގޮތަށް ޢަމަލު ނުކޮށްފިނަމަ ޔަހޫދީންގެ ރައްދާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ޔަހޫދީން ވަނީ ދީފައެވެ.
ގްރިއެތަ ތުންބްރީ ބުނީ ޖީއެސްއެފުން ހަމައެކަނި ފޯރުކޮށްދެނީ އިންސާނީ އެހީ ނޫން ކަމަށާއި، އެއާ އެކުއެކީގައި އުންމީދާއި އެއްބައިވަންތަކަމުގެ އިޙްސާސް ވެސް ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލަމުންދާއިރު، ދުނިޔެ އޮތީ ފަލަސްޠީނާ އެކުގައިކަން ދައްކުވައިދޭން ޖީއެސްއެފުން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
