
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށް، އެ ބިން ފޭރިގަތުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެއްވާނެ ކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ހުޅަނގު އައްސޭރި ފޭރިގަނެ، އެ ބިމުގައި ޔަހޫދީން އާބާދު ކުރުމަށް ގޮވައިލަމުންދާ ޒަޔަނިސްޓު ސަރުކާރުގެ ސިޔާސީންނަށް ރައްދު ދެއްވަމުންނެވެ. ޔަހޫދީ ސަރުކާރުގެ ބައެއް ހައްދުފަހަނައެޅި ވަޒީރުން ދަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ފުރުޞަތަށް ހުރަސް އެޅުމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ. މި ކަމާ މެދު ޢަރަބި ޤައުމުތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި، މި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޢަރަބި ބައެއް ޤައުމުތަކުގެ ވެރިން ވަނީ، މިހާރު އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ޓްރަމްޕާ ބައްދަލު ކުރައްވާފައެވެ.
“ހުޅަނގު އައްސޭރި ފޭރިގަތުމުގެ ފުރުޞަތު އިސްރާއީލަށް [ޔަހޫދީންނަށް] އަޅުގަނޑު ނުދޭނަން. ނުވާނެ، އެ ކަން ކުރުމުގެ ފުރުޞަތެއް ނުދޭނަން. އެ ކަން ވިޔަކަ ނުދޭނަން،” ޓްރަމްޕް ވިދާޅުވިއެވެ. “މިހާރު ފުދޭވަރު ވެއްޖެ. މިހާރުންމިހާރަށް މި ކަން [މުސްލިމުންގެ ބިންތައް ފޭރިގަތުން] ހުއްޓައިލަން ޖެހޭ.” ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ފޭރިގަތުމުގެ އިތުރުން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ވެސް ޔަހޫދީން ދަނީ ޤަތުލުޢާންމެއް ހިންގަމުންނެވެ. އެ ކަމާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން ހުޅަނގުގެ ބައެއް ބާރުތަކުން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ. އޭގެ ތެރޭގައި ޔަހޫދީންގެ މަދަދުގާރުންގެ ގޮތުގައި ބެލެވޭ ޤައުމުތައް ވެސް ހިމެނެއެވެ. އެންމެ ފަހުން ފަލަސްޠީނުގެ ދައުލަތް ބަލައިގަނެފައިވާ ޤައުމުތަކަކީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޕޯޗުގަލެވެ.
ހުޅަނގު އައްސޭރި ފޭރިގަތުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެއްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައި މި ވަނީ، އދގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރުމަށް ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫ ވެސް ނިއު ޔޯކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ބަސްފުޅުތަކަށް ރައްދު ދިނުމަށް އަނިިޔާވެރި ނަތަންޔާހޫ ވަނީ ދެކޮޅު ހަދާފައެވެ. ޔަހޫދީން ހުޅަނގު އައްސޭރިއަށް އަތްގަދަ ކޮށްފައި ވަނީ 1967ވަނަ އަހަރުއެވެ. އެއަށް ފަހު، ޒަޔަނިސްޓު ސަރުކާރުން ދަނީ ފަލަސްޠީނުގެ މުސްލިމުންގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުވަމުންނެވެ. މިއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. މި ވަގުތު ޔަހޫދީ ސަރުކާރުން ދަނީ ‘އީ1’ގެ ނަން ދީފައިވާ ހުޅަނގު އައްސޭރީގެ ބިމެއް ފޭރިގަތުމަށް މަސައްކަތް ކުރަމުންނެވެ. އެއީ، ހުޅަނގު އައްސޭރި އިތުރަށް ފޮތިފޮތިކޮށްލައި، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ވަކިކޮށްލުމަށް ހިންގަމުންދާ ޖަރީމާއެކެވެ. އަދި، އެ މަޝްރޫޢާ އެކު، ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނާ އެކުގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެއެވެ.
މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ޓްރަމްޕާ ބައްދަލުކުރެއްވި ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ވެރިން ވަނީ ހުޅަނގު އައްސޭރި ފޭރިގަނެފި ނަމަ، ހާލަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމުގައި ވިދާޅުވެ، އިންޒާރު ކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސަޢޫދު ވިދާޅުވީ، ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކަންބޮޑުވުންތައް ޓްރަމްޕް ބަލައިގަންނަވާފައިވާ ކަމުގައެވެ. ފަލަސްޠީނުގެ 2.7 މިލިޔަން މީހުންގެ އާބާދީއެއް އޮތް ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޒަޔަނިސްޓު ސަރުކާރުން ވަނީ 700,000އަށްވުރެ ގިނަ ޔަހޫދީން އާބާދު ކުރުވާފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރާއި އުމްރާނީ ވަސީލަތްތައް ޤާއިމު ކޮށްދީފައެވެ. މިހާރު ހިންގަމުންދާ ޖަރީމާތަކުގެ ބޭނުމަކީ ފަލަސްޠީނުގެ ބިންތަކުގައި އިތުރު ޔަހޫދީން އާބާދު ކުރުވުމެވެ.
މީގެ އިތުރުން، ޣައްޒާ އިސްތިޢުމާރު ކުރުމަށް ވެސް ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
