
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގައި މަރްޙޫމުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިފްރާޙް ނިޔާވުމުގެ ހިތާމައިގައި މަރްޙޫމުގެ އާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. މަރްޙޫމް އިފްރާޙް ޢަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އިފްރާޙުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. ނައިބު ރައީސް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް (އިފުރާ) ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މަރްޙޫމް އިފްރާޙުގެ ލޮބުވެތި އާއިލާއަށް އިޚުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، މާތްﷲ މަރްޙޫމުގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވައި، އާއިލާއަށް ކެތްތެރިކަންދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ. އިފްރާޙް ނިޔާވީ މިދިޔަ ހޯމަ ދުވަހު ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ބުރާސްފަތި ދުވަހުގެރެއެވެ. ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އިފްރާޙުގެ ޖަނާޒާ ބޭއްވުމަށްފަހު މިއަދު ވަނީ އާސަހަރާގައި ވަޅުލާފައެވެ.
އިއްޔެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ ދިރާގު ދިވެހި ޕްރިމިއަރ ލީގު ފެށުމުގެ ކުރިން އިފްރާޙުގެ ހަނދާނުގައި ވަނީ ފުޓްބޯޅަ އާއިލާއިން ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ގެނެސްފައެވެ. އަދި ފުޓްބޯޅަ އާއިލާގެ އެހާރާއި މިހާރުގެ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން ވަނީ އިފްރާޙްގެ ކުއްލި ވަކިވެދިއުމާއި ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. ފުޓްބޯޅަ އާއިލާގައި އުފެދުނު ކުޅަދާނަ ކީޕަރު އިފްރާޙް ނިޔާވިއިރު އޭނާ ހުރީ ފުޓްބޯޅަ ކުޅުމާއި ދުރުގައެވެ. އެންމެ ފަހުން ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވި އިފްރާޙް ނިޔާވީ ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުންނެވެ. ފުޓްބޯޅަ އާއިލާއިން ސިފަކުރާ ގޮތުގައި އިފްރާޙަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން މީހުންނަށް އޯގާތެރި ހިތްހެޔޮ އުފާވެރި މިޒާޖެއްގެ މީހެކެވެ.
އިފްރާޙް ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް އަދާކޮށްފައެވެ. އަދި ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި އޭނާ ވަނީ ރާއްޖެ ތަމްސީލުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
