
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިއާ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، އޮޑި ސްޕޯޓްސް ކުލަބުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗު އޮޑި ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރުވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ދެ ޓީމުވެސް ވަނީ މޮޅެއް ހޯދާފައެވެ. މިއަދުގެ މެޗުގެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް އޮޑި ސްޕޯޓްސް އާއި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ތިންވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކުލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ހަވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ހަތްވަނައިގައި އޮތް ކުލަބު އީގަލްސްއަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކުލަބު އަދި ކުލަބު ގްރީން ސްޓްރީޓްސްއަށް ދެ މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އޮޑި ސްޕޯޓްސް ކުލަބުން ޑޮމިނޭޓުކޮށްގެން ކުޅުނު މެޗުގައި ވެލެންސިއާއަށް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބެއެވެ. އޮޑި ސްޕޯޓްސް ކުލަބުން ވެލެންސިއާގެ ގޯލް ހުޅުވާލީ މެޗުގެ 11 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން އޮޑި ސްޕޯޓްސްގެ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެލެންސިއާގެ މޮލްޑޯވާގެ ކީޕަރު ވިއޮރެލް ބޮއިއާން އަތުގައި ޖެހިފައެވެ. އޭގެ މާ ގިނައިރުތަކެއް ނުވެ އޮޑި ސްޕޯޓްސްގެ ދެވަނަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ އޭރިއާ ތެރެއިން މުޒްދާން ހަސަން ނަގައިދިން ބޯޅައަކުން އަބްދުﷲ ލޫތު އިބްރާހީމެވެ. ގާތްގާތުގައި ޖެހި ދެ ލަނޑާއެކު އޮޑި ސްޕޯޓްސްގެ އެޓޭކުތައް އިތުރަށް ވަރުގަދަވެގެން ދިޔައިރު، އެ ޓީމުން ޖެހި ތިންވަނަ ލަނޑަކީ 19 ވަނަ މިނެޓުގައި އިބްރާހީމް ވަހީދު ހަސަންއަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 28 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސްގެ އަޙްމަދު އައިހަމް ނަގައިދިން ބޯޅައެއް އިބްރާހީމް އިމްރާން ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން އޭރިއާ ތެރެއިން އިމްރާން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރުމުން، ރީބައުންސް ވެގެންދިޔަ ބޯޅަ އޭނާ ގޯލަށް ވައްދާލީ ހާސްކަމެއް ނެތިއެވެ. މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އޮޑި ސްޕޯޓްސްއަށް ލިބުނު ޕެނަލްޓީއެއް ވެލެންސިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި އޮޑި ސްޕޯޓްސްގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ 51 ވަނަ މިނެޓުގައި ކަރޮލިސްއެވެ. އޭނާގެ ހެޓްރިކް ފުރިހަމަކުރީ 64 ވަނަ މިނެޓުގައި ވެލެންސިއާ ކޮޅަށް ޖެހި އޮޑި ސްޕޯޓްސްގެ ހަވަނަ ލަނޑާއެކުވެ. ވެލެންސިއާއިން މި މެޗުގައި ޖެހި ހަމައެކިނި ލަނޑު ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނެޓުގައި އަބުލް ސަމީއު ހަސަންއެވެ. އޭނާ ކުޅެން ނުކުތީ މެޗުގެ ދެވަނަ ހާފުގައެވެ. އޮޑި ސްޕޯޓްސްގެ ފަހު ލަނޑު މުޒްދާން ކާމިޔާބުކުރީ އޭރިއާ ރޮނގުމަތިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. ލީގުގެ ތިންވަނަ ހަފްތާގެ ކުޅުން ފެށޭނީ އަންނަ އަންގާރަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
