
ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު 2027ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެކަމުގެ ޔަގީންކަންދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި ވަނީ ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ.
ރައީސް ވިދާޅުވީ އެއަރޕޯޓްގެ ވަޢުދަކީ ގުރައިދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުކަމަށެވެ. މިކަމުގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެ މަސައްކަރް ވަރަށް ބާރަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތް 22 މަސް ދުވަހުގެތެރޭގައި މުޅިން ނިންމާލުމަށް އަމާޒު ކަނޑައަޅާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. “2027ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، މިނިވަން ދުވަހު މި އެއަރޕޯޓް ހުޅުވާނަން. މިއީ ރަށަށް ވަރަށް މުހިންމު އަދި އިޖްތިމާޢީ، އިޤްތިޞާދީ ކުރިއެރުންތައް ގެނުވާނެ މަޝްރޫޢުއެއް. ސަރަޙައްދަށް ކުރިއެރުން ގެނައުމުގެ މުހިންމު ދޮރޯށްޓަކަށްވާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށާއި، އަދި ރަށުގައި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. ރައީސް ވަނީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ގުރައިދޫގައި 100 ހައުސިން ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. މި ޕްރޮޖެކްޓް ހިންގުމުގައި އަމިއްލަ ގޯތީގައި ގެ އެޅުމާއި ކައުންސިލުން ކަނޑައާޅާ ރަށުގެ ވަކި ސަރަޙައްދުގައި ޔުނިޓްތައް އެޅުމުގެ އިޚްތިޔާރުވެސް ކައުންސިލަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއަރޕޯޓް އެޅުމަށް ރަށުގެ ބިމުގެ ބޮޑު ޖާގައިގެއް ބޭނުންވާތީ، ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް އިތުރު 7 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށެވެ. އަދި ކައުންސިލުން ނިންމާގޮތެއްގެ މަތިން ކަމާގުޅޭ ވުޒާރާއާ މަޝްވަރާކޮށްގެން ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއިން ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފަވާއިރު، ރަށުގެ ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ޒަމާނީ ކަންކަން ފުރިހަމަކޮށް ބަދަލުތައް ގެންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރަށުގެ އާބާދީއަށް އެކަށޭނަ ކުޑަކުދިންގެ ޕާކެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ރަށުގައި ތިބެގެން އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް އަންނަ މަހު ގުެރައިދޫގައި ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގުރައިދޫ ވެގެންދާނީ ޑައިވިންގައި ޑީކޯވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ޑީކޮމްޕްރެޝަން ސިސްޓަމް ސަރުކާރުން ބަހައްޓާ ފުރަތަމަ ރަށަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
