
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 3 މިލިޔަން ރުފިޔާއާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުންކަމަށެވެ. އެ މަސައްކަތުގެ ދަށުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ ތަފާތު އެކި މަޝްރޫޢުތައް ހިންގެވުމުގެ އިތުރުން، ލޯނު ސްކީމްތައްވެސް ތަޢާރަފްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
“ސަރުކާރުން 5 ޕަސެންޓުގެ އިންޓްރެންސް ރޭޓެއް އިންނަ ލޯނު ސްކީމެއް މިއަހަރު އަލަށް މި ފަށައިގަތީ. މިއީ ކޮންމެ އަހަރަކު ކުރިއަށްދާނެ މަޝްރޫއެއް. ކޮންމެ ރަށެއްގެ ރައްޔިތަކަަށްވެސް އެޔަށް އެޕްލައިކޮށް އެ ފުރުސަަތު އޮތް މިންވަރަކަށް ލޯނަށް ހުށަހެޅޭނެ ލޯނު ސްކީމެއް އެއީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 1 މިލިޔަން ރުފިޔާއާ ހަަމައަށް މާލީ އެހީތެރިކަން ލިބޭނެ ސްކީމެއް ބީއެމްއެލުން ތަޢާރަފްކޮށްފައިވާކަމަށާއި، މިއަހަރުގެ ފެބްރުއަރީމަހު އެއަދަދު 2 މިލިޔަން ރުފިޔާއަށް އިތުރުކޮށްދެއްވާފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ އަދަދު 3 މިލިޔަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. “ދެން މިހާރު މިކަން ވާނީ އިތުރަށް ލުއިކޮށްދީފަ. މިހާރު ބޭންކުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓާ ގެދޮރު ބިނާކުރުމަށް 3 މިލިޔަން ރުފިޔާއާއި ހަމައަށް ބޭންކުން ލޯނު ދޫކުރަން. މީގެ ދެދުވަހެއްހާކުރިން ބޭންކްގެ ބޯޑުންވާނީ މިކަން ނިންމާފައި. އަދި މިލޯނުތަކަށް އެޕްލައިންކުރަން ވަރަށް އަވަހަށް ހުޅުވާލާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭންކުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަަދަ ފަހި ފުރުސަތުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
