
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަނުން ވަނީ ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށްވެސް އިއުލާންކޮށްފައެވެ. މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ވަނީ ދެކުނު ކޮރެއާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއް ހޯދުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ކުންފުނިން ގެންގުޅޭ ބައިނަލްއަޤްވާމީ އޮޕަރޭޝަންސްތައް ފުޅާކުރުމުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުންކަމަށް އެ އެއަރލައިނުން ވިދާޅުވިއެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ވީހާވެސް ގިނަ މަންޒިލްތަކަކަށް ޚިދުމަތް ފުޅާކުރުމެވެ. ސޭލްސް އެޖެންޓެއްގެ ގޮތުގައި ހޮވޭ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި ދެކުނު ކޮރެއާގައި މޯލްޑިވިއަންގެ ޚިދުމަތްތައް އިޝްތިހާރުކޮށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް އޮންނަ ދުވަސްތަކާއި ޓިކެޓްގެ އަގުތައް ބުނެދިނުމާއި ކަސްޓަމަރުން ހޯދުން ހިމެނެއެވެ. އަދި ކަސްޓަމަރުންނާއި ރަނގަޅު ގުޅުމެއް އުފެއްދަންޖެހެއެވެ.
މޯލްޑިވިއަނުން މަސައްކަތްކުރަމުންދަނީ އެ އެއަރލައިންގެ ދަތުރުތައް ދެކުނު ކޮރެއާއަށް އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށުމަށެވެ. މޯލްޑިވިއަންގެ ޚިދުމަތައް މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
