
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަހްކޯޒީ ފަސް އަހަރަށް ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ސަހްކޯޒީއާ ދެކޮޅަށް މި ފަދަ ހުކުމެއް އައިސްފައި މި ވަނީ އޭނާގެ ކެމްޕޭނަށް ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ލީބިޔާއިން ހޯދުމަށް ޤާނޫނާ ޚިލާފަށް މަސައްކަތްކުރެއްވުމުގެ ކުށުގައެވެ. އެއާއެކު ސަހްކޯޒީ ވެގެން ގޮސްފައި މި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް ފަހު ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ފަރަންސޭސިވިލާތުގެ ފުރަތަމަ ރައީސްއަށެވެ.
2007ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސަހްކޯޒީ ކެންޕޭނު ކުރެއްވި ދުވަސްވަރު އޭނާގެ އަރިސް ބޭފުޅުން ވަނީ ލީބިޔާއިން ކެންޕޭނަށް ފައިސާ ހޯދުމަށް މަސައްކަތްކޮށްފައެވެ. އޭރު ލީބިޔާގެ ރައީސްގެ މަޤާމުގައި ހުންނެވީ މުޢައްމަރު ޤައްޒާފީއެވެ. ޤައްޒާފީއާއެކު ސަހްކޯޒީ އެއްބަސްވުމަކާ ހަމައަށް އައިސްފައި ވަނީ 2005ވަނަ އަހަރުގެ ތެރޭގައި ކަމަށްވެއެވެ. އޭރު ސަހްކޯޒީ ހުންނެވީ ފަރަންސޭސިވިލާތުގެ ދާޚިލީ ވަޒީރުގެ މަޤާމުގައެވެ. ކެންޕޭނަށް ފައިސާ ހޯދުމަށް ހުށަހަޅާފައި ވަނީ އޭރު އެކަހެރިވެފައި އޮތް ލީބިޔާއަށް ބައިނަލްއަޤްވާމީ މައިދާނުގައި ވާގިވެރުވުމުގެ ބަދަލެއްގެ ގޮތުގައެވެ. އެ ތުހުމަތުތައް ސަހްކޯޒީ ދޮގުުކުރައްވައެވެ.
ޤައްޒާފީއާއެކު އެ ފަދަ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމުގެ އެއްވެސް ހެއްކެެއް ނެތް ކަމަށް ފަނޑިޔާރު ވެސް ވަނީ ފާހަގަކުރައްވައިފައެވެ. ނަމަވެސް 2005ވަނަ އަހަރާއި 2007ވަނަ އަހަރާ ދެމެދު ޤާނޫނާ ޚިލާފަށް ސަހްކޯޒީ ޢަމަލުކުރައްވާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެއީ އޭނާގެ އަރިސް ބޭފުޅުން ލީބިޔާއާއެކު މަޝްވަރާތައް ކުރުމަށް އޭނާ މަގުފަހިކޮށްދެއްވާފައިވާތީ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ކޯޓުގެ ނިންމުން ސަހްކޯޒީ ސިފަކުރައްވާފައި ވަނީ ފަޟީހަތްކޮށްލުމަށް ނިންމާފައިވާ ނިންމުމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ އޭނާގެ ކުށެއް ނެތް ކަމަށާއި، ނުކުރާ ކަމަކަށް މަޢާފަށް ނޭދޭނެ ކަމަށެވެ. ކޯޓުގެ ނިންމުމުގެ ސަބަބުން ކޯޓުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
