
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތާއި އދން ތާއީދުކުރާ ޣައްޒާއާ ގުޅޭ ޞުލްޙައިގެ ރޭވުމެއް އެކުލަވައިލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ. އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ވީޑިޔޯ މެދުވެރިކޮށް ތަޤުރީރު ކުރައްވަމުން ޢައްބާސް ވިދާޅުވީ ޣައްޒާގައި ވެރިކަންކުރަމުންދާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީންނަށް އަމާޒުކޮށް ދިން ޙަމަލާއާއި އަސީރުން ގެންދިޔުމާމެދު، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ޕަލެސްޓައިން އޮތޯރިޓީ، ޕީއޭއާ ޚިޔާލު ތަފާތު ކަމަށެވެ. އެ ފަދަ ޢަމަލުތައް ކުށްވެރި ކުރައްވައި ކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.
ޢައްބާސް އިތުރަށް ވިދާޅުވީ ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާ ޣައްޒާއަކީ ފަލަސްޠީނުގެ މުހިންމު ބައެއް ކަމަށެވެ. ޣައްޒާގެ ހިންގުމާއި ސަލާމަތީ ކަންކަމާ ޙަވާލުވެ ޒިންމާ ނެގުމަށް ޕީއޭއިން ތައްޔާރަށް ތިބި ކަމަށާއި ޙަމާސްގެ ބައިވެރިވުމެއް ނެތި އެ ސަހަރު ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޙަމާސްއާއި އެހެނިހެން ފެކްޝަންތަކުގެ ހަތިޔާރު ޕީއޭއަށް ޙަވާލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
193 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އދން ވަނީ ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ކުރިއެރުވުމަށް ހަތް ޞަފްޙާގެ ޤަރާރަކަށް މީގެ ކުރިން ތާއީދުކޮށްފައެވެ. އެ ޤަރާރު ތައްޔާރުކޮށްފައި ވަނީ ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތާ ދެ ޤައުމުން އިސްވެ ބޭއްވި އދގެ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތުން އެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެއެވެ.
އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ 21 ނުކުތާގެ މައްޗަށް އެކުލެވިގެންވާ މެދުއިރުމައްޗާއި ޣައްޒާއާ ގުޅޭ ޞުލްޙައިގެ ރޭވުމެއް، މުސްލިމް އާބާދީ ބޮޑު ޤައުމުތަކަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ރޭވުން ހުށަހަޅުއްވާފައި ވަނީ އދގެ އާންމު މަޖިލީހުގެ ހަވާސާގައެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޙަމާސުން ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
