
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރަމުންދާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތަކަށް ޙަމަލާއެއް އަމާޒުވުމުން، އެ އުޅަނދުތަލަށް އެހީވުމަށް އިޓަލީވިލާތުން މަނަވަރު ފޮނުވާފައި ވަނިކޮށް ސްޕެއިނުން ވެސް މަނަވަރެއް ފޮނުވައިފިއެވެ. ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. މި ބައިނަލްއަޤްވާމީ ޙަރަކާތުގައި 44 ޤައުމަކުން 50އެއްހާ އުޅަނދު ބައިވެރިވެއެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.
ޖީއެސްއެފްގައި ހިމެނޭ އުޅަދުތަކަކަށް ގްރީސްގެ ގަވްޑޮވް ކިޔައި ރަށަކާ 56 ކިލޯމީޓަރު ދުރުން، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދިން ޑްރޯން ޙަމަލާގައި 12 ޑްރޯން ބޭނުންކޮށްފައިވެއެވެ. އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ޙަމަލާތަށް ފަހު އިޓަލީވިލާތުން ވަނީ އުޅަނދުތަކަށް އެހީތެރިވުމަށް އެ ޤައުމުގެ އަސްކަރީ މަނަވަރެއް ފޮނުވާފައެވެ. އަދި އިތުރު މަނަވަރެއް ވަނީ އެ ސަރަޙައްދަށް މިސްރާބު ޖަހައިފައެވެ. އޭގެ އިތުރުން ސްޕެއިންގެ އަސްކަރީ މަނަވަރެއް ވެސް ދަނީ އެ ދިމާލަށް ދަތުރުކުރަމުންނެވެ.
އިޓަލީވިލާތުގެ ބޮޑުވަޒީރު ޖިއޯޖިޔާ މެލޮނީ ވަނީ ފްލޮޓިއްލާގައި ހުރި އެހީގެ ސާމާނު ސައިޕްރަސްއާ ޙަވާލުކޮށް، ނަޞާރާއިންގެ ޗާޗެއް މެދުވެރިކޮށް އެ ތަކެތި ޣައްޒާއަށް ގެންގޮސް ބެހުމަށް ހުށަހަޅައިފައެވެ. އޭނާ ވިދާޅުވީ އެ ހުށަހެޅުމަކީ ސައިޕްރަސްއިން ވެސް ޔަހޫދީން ވެސް އަދި އިޓަލީވިލާތުން ވެސް ބާރުއަޅައި ހުށަހެޅުމެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ހުށަހެޅުން ޤަބޫލު ކުރުމަށް ހިތްވަރުދެއްވަމުން މެލޮނީ ވިދާޅުވީ ފްލޮޓިއްލާއިން ކުރަމުންދާ މަސައްކަތަކީ ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ މަސައްކަތެއް ކަމަށެވެ.
ޢިޓަލީވިލާތުގެ ދިފާޢީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވެސް ވިދާޅުވީ އިޓަލީވިލާތުން މަނަވަރު ފޮނުވީ ފްލޮޓިއްލާގައި ތިބި އިޓަލީވިލާތުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އޭނާ ވަނީ ފްލޮޓިއްލާގެ ބައިވެރިން ޣައްޒާއަށް ކުރަމުންދާ ދަތުރު ހުއްޓައިލުމަށް ގޮވާލައްވައިފައެވެ.
ނަމަވެސް ފްލޮޓިއްލާގައި ތިބި އިޓަލީވިލާތުގެ ބައިވެރިން ވަނީ ޖީއެސްއެފްގެ ފަރާތުން އެ ހުށަހެޅުމަށް ޖަވާބުދީ، އެ މަސައްކަތް ހުއްޓައިލަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އިޓަލީވިލާތަށް ނިޞްބަތްވާ ބައިވެރިން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންގެ ޤާނޫނާ ޚިލާފު ޙިޞާރު ފޫއަޅުވާލައި އެހީގެ ސާމާނު ފޯރުކޮށްދިނުމަކީ ފްލޮޓިއްލާގެ ހަޤީޤީ މަޤްޞަދު ކަމަށާއި އެ މަޤްސަދުގެ މަތީގައި ފްލޮޓިއްލާގެ ބައިވެރިން ދެމިތިބޭނެ ކަމަށެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
