
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގައި ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކެއް ބިނާކުރުމަށް ރަޝިޔާއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އީރާނުން ރަޝިޔާއާ އެކު ނިއުކްލިޔަރ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާއެއް އެކުލަވައިލާފައި މި ވަނީ، އީރާނާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް އެ ޤައުމުތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އީރާނާ އެކު ނިއުކްލިޔަރ ދާއިރާއިން ފަހުމުނާމާއެއް އެކުލަވައިލާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ރަޝިޔާގެ ދައުލަތުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ ކުންފުނި، ރަސްއަތަމުންނެވެ. އެ ކުންފުނީގެ ވެރިޔާ އަލެކްސީ ލިޚަޗޮފާއި އީރާނުގެ ނައިބު ރައީސް އަދި ނިއުކްލިޔަރ ދާއިރާގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު އަލް-އިސްލާމީ ސޮއި ކުރައްވާފައިވާ ފަހުމުނާމާގެ ދަށުން 2040ވަނަ އަހަރުގެ ކުރިން އީރާނުގައި ނިއުކްލިޔަރ ހަކަތަ އުފައްދާ އަށް މަރުކަޒު ޤާއިމު ކޮށްދޭނެ ކަމުގައި ރަސްއަތަމުން ހާމަކުރިއެވެ. އެ ކުންފުނިން ސިފަ ކުރި ގޮތުގައި މިއީ ވަރަށް ރޭވުންތެރި އެއްބަސްވުމެކެވެ.
އިސްލާމީ ވިދާޅުވީ، 2040ވަނަ އަހަރުގެ ކުރިން އީރާނުން ނިއުކްލިޔަރ ހަތަކަ އުފައްދާ މިންވަރު 20 ގިގަވޮޓަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ކަން ކުރުމަށް ރަޝިޔާއާ އެކު ސޮއި ކޮށްފައިވާ ފަހުމުނާމާގެ ދަށުން، އެ ޤައުމުގެ އަށް ސަރަޙައްދެއްގައި ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތައް ޤާއިމު ކުރެވޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ވަގުތު އީރާނުގައި ހުރީ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ މަރުކަޒެކެވެ. އަދި، އެ ތަނުގެ ކެޕޭސިޓީއަކީ ނުވަތަ އެ ތަނުން އުފެއްދެނީ އެންމެ 1 ގިގަވޮޓުގެ ހަކަތައެވެ. މިއާ އެކު، ކަރަންޓު ބޭނުން ކުރާ މިންވަރު ޢާންމު ގޮތެއްގައި އިތުރުވާ މަސްތަކުގައި ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން ވަނީ އިތުރުވެފައެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅުވައި ހުޅަނގުގެ ބާރުތަކުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ އިޤުތިޞާދީ ފިޔަވަޅުތައް ދެމެހެއްޓުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ސެޕްޓެންބަރު 19ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެ ކަމަށް އެދި ހުށަހަޅާފައި ވަނީ އީ3ގެ ނަން ދީފައިވާ ވިލާތުގެ ބާރުތައް ކަމުގައިވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ. ރަޝިޔާއިން ވޯޓުލާފައި ވަނީ އެ ކަމާ ދެކޮޅަށެވެ. އެ ނިންމުމާ އެކު، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ހުޅަނގާއި އެމެރިކާއިން ބޭނުންވާ ކުރިއެރުންތައް ހާސިލު ނުކުރެވިއްޖެ ނަމަ، ސެޕްޓެންބަރު 28ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރެވިގެންދާނެއެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ އިޤުތިޞާދީ ފިޔަވަޅުތައް އިތުރަށް ދެމެހެއްޓުމަށް ނިންމުމުން އެ ޤައުމުން ވަނީ އެ ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި، އެ ނިންމުމާ އެކު، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)އާ ގުޅިގެން މަސައްކަތް ކުރުން ހުއްޓައިލާނެ ކަމަށް ބުނެ، އީރާނުން ވަނީ އިންޒާރު ކޮށްފައެވެ.
އީ3ގެ އިތުރުން އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި، 2015ވަނަ އަހަރު އީރާނާއި ހުޅަނގާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމާ އީރާނުން ދަނީ ޚިލާފުވަމުންނެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2018ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލު ކުރެއްވުން ހުއްޓައިލައްވާފައިވާ ކަން ފާހަގަ ކުރަން ޖެހެއެވެ. ޓްރަމްޕްގެ ނިންމުމާ އެކު، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް އީރާނުން ފުޅާކޮށްފައިވާ ކަމުގައި އީ3ގެ ޤައުމުތަކުން ތުހުމަތު ކުރެއެވެ. އީރާނުން ހިންގަމުންދާ ނިއުކްލިޔަރ ޕުރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުންތަކުގައި ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ. ނަމަަވެސް، އީރާނުން ދަނީ އެ ތުހުމަތު ދޮގު ކުރަމުންނެވެ. އދގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވީ، އީރާނުން ދުވަހަކު ވެސް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
