
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީގުގެ މޮޅުވުމުގެ ފޯމު ދަމަހައްޓައިފިއެވެ. ރޭ ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ނިއު ރޭޑިއަންޓް ވަނީ ޓީސީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފައެވެ. އަދި ޔުނައިޓެޑް ވިކްޓަރީ ވަނީ އޮޑި ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަގައި، ޑޮމިނޭޓްކޮށްގެން ކުޅެފައެވެ. ނިއު ރޭޑިއަންޓުގެ ފަރާތުން ގިނަ ހަމާލަތަކެއް ފެނުނު ނަމަވެސް، އެ ޓީމަށް މި މެޗުގައި ލަނޑުތައް ކާމިޔާބުކުރެވުނީ ދެވަނަ ހާފުގައެވެ. މެޗު ފަށައިގެން ހަވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް މުޙައްމަދު ސަޚާއު ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައިވެސް ސަޚާއުއަށް ލިބުނު ބޯޅަ އޭނާއަށް ވަނީ ބޭނުންހިފޭގޮތް ނުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެޗުގެ 26 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުގެ ލުއިސް ގޯމޭޒް ޑި ސިލްވާ ހުސްކޮށް ހުރެ އޭރިއާ ބޭރުން ފޮނުވާލިި ހަމަލާ ދިޔައީ ދަނޑިއާ ވަރަށް ކައިރިން ބޭރަށެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންމެ ރަނގަޅު ފުރަސތެއް ލިބުނީ ނިއު ރޭޑިއަންޓުގެ މުޙައްމަދު އިރުފާން (އިރޭ) ށެވެ. ނަމަވެސް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސަޚާއުއަށެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލުމުން ދިޔައީ ބޭރަށެވެ.
މި މެޗުގައި ނިއު ރޭޑއަންޓުން ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނިޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އަލީ ފާސިރެވެ. އަދި ނިއު ރޭޑިއަންޓުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތު ތެރޭގައި ނިކްސޮން ރޮޗާއެވެ. އޭރިއާ ތެރެއިން އަރިމަތިން ނަގައިދިން ބޯޅަ ނިކްސޮން ވަނީ އެއްފަހަރުން ބޮލުން ގޯލުގެ ތެރައަށް ފޮނުވާލާފައެވެ. މި މެޗުގައި ޔޫވީންވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރަން މަސައްކަތްކޮށްފައެވެ. ލީގުގައި ނިއު ރޭޑިއަންޓް ދެން ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
