
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ހަނި މޮޅެއް ހޯދައިފިއެވެ. ގްރީން ސްޓްރީޓްސްގެ މައްޗަށް ވިކްޓަރީން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އިއްޔެ ހަވީރު ކުޅުނު މެޗަށް ނުކުތްއިރު ދެ ޓީމުންވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން ވިކްޓަރީ ބަލިވީ ބުރު ސްޕޯޓްސް ކުލަބު އަތުންނެވެ. އަދި ގްރީން ސްޓްރީޓްސް ބަލިވީ ކުލަބު ވެލެންސިއާ އަތުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، ވިކްޓަރީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައި ވަނީ މަދު ހަމަލާތަކެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވިކްޓަރީން މެޗުގައި އެޓޭކުތަކެއް އުފައްދަން މަސައްކަތްކޮށް ލިބުނު މަދު ފުރުސަތުތަކުގައި ވަނީ ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އާއި 15 ވަނަ މިނެޓުގައި ވިކްޓަރީގެ ނަޝާހު އަޙްމަދު ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށް ވެގެންދިޔައީ ގްރީން ސްޓްރީޓްސްގެ ކީޕަރު އަޙްމަދު ރަމީޒެވެ.މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ވިކްޓަރީގެ އަބްދުﷲ މިދުހަތު ފަހުމީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދެ ޓީމުގެ ފަރާތުން ފޫހި ލަސްކުޅުމެއް ފެނިގެންދިޔަ މެޗުގައި ގްރީން ސްޓްރީޓްސްއިންވެސް އެޓޭކު ކުރެވޭތޯ ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ރާހިފް ފަޒީލް ފޮނުވާލި ބޯޅަ މަތަކުރީ ވިކްޓަރީ ކީޕަރެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ މިސްރު ފޯވާޑް އޮބައިދާ ކަދުމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. ވިކްޓަރީން ލަނޑުޖެހީ މެޗުގެ އިތުރު ވަގުތު ތެރޭގައި ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދާލައިގެންނެވެ. އޭރިއާ ބޭރުން މިދުހަތު ފޮނުވާލި ހިތްގައިމު ހިލޭޖެހުން ގޯލަށް ވަންއިރު، ކީޕަރަށް ހުރެވުނީ ހަރަކާތް ހުއްޓިފައެވެ.
މިއީ ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އެބުރި އައިފަހުން އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އަންނަ ހަފުތާގައި ވިކްޓަރީ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
